16 އޮކްޓޯބަރ 2019
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފި އެވެ.
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފި އެވެ.
ރައީސް އޮފީހުގެ ތަޖުރަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ޝަޒައިލް ސަސްޕެންޑް ކުރީ އިއްޔެ ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން ކަމަށް ހޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޕޯޓަލް ދޭތެރެއަކުން ބަލަން. ޝަޒައިލްއާ ގުޅިގެން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ކޮމްޕްލެއިން ހުށަހެޅިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ހޫދު ވިދާޅުވި ގޮތުގައި، ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ބެލެވެ އެވެ. އެކަންކަން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑް ކުރީ ކަމަށް ހޫދު ވިދާޅުވި އެވެ.
ޝަޒައިލް، މޯލްޑިވް ޖޭހުގެ އެމްޑީގެ މަގާމަށް އައްޔަނު ކުރީ، މިއަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު، ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އޭޕްރީލް 12، 2017 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ. އޭނާ އަދިވެސް ހުންނަވަނީ އެ ފްކެޝަންގފަ އެވެ.
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ
ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: ޝަޒައިލް
ގޭހުގެ ކޮންމެ ޝިޕްމެންޓަކުން އެއް ލައްކަ ޑޮލަރު އިތުރު
މިސްކިތަށް ހޭދަކުރީ ފާތުންގެ ފައިސާ: މައުމޫން
ފާތުންގެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން!
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
އޮކްސިޖަން ހިޔާނާތް: ކޮމިޓީގެ ނިންމުން ތަޅުމަށް