21 ޖޫން 2021
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވުމުން، އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާ ރުޖޫއަކޮށްފި އެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވުމުން، އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާ ރުޖޫއަކޮށްފި އެވެ.
މޯލްޑިވް ގޭހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެ ކުންފުންޏަށް އޭސީސީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެ އިން ފެށިގެން ޝަޒައިލްގެ ވަޒީފާ ރުޖޫއަ ކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓުގައި އެމްޑީކަމަށް އައްޔަން ކުރެއްވި ޝަޒައިލް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގަ އެވެ. އޭނާ މިވީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވީ މުސާރަ ނުހިނގާ ގޮތަށެވެ.
ސަސްޕެންޝަންގެ މުއްދަތުގައި، ޝަޒައިލަށް ތުހުމަތުކުރާ ދެ މައްސަލައެއް އޭސީސީ އަދި ފުލުހުން ބެލި އެވެ.
ޝަޒައިލްއާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ވެސް ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ތުހުމަތުކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި ވެސް ހެކި ނެތުމުން ފުލުހުން އެ މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.
ޝަޒައިލްއާ ދެކޮޅަށް ފެންމަތިވި ދެ މައްސަލަ އިން ވެސް ސަލާމަތްވިއިރު، އޭނާ އަބަދުވެސް ގެންދެވީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.
މޯލްޑިވް ގޭސް އަށް ގެންނަ ގޭސް ސިލިންޑަރުތަކުން ޝަޒައިލް ރިޝްވަތު ނަގާ ކަމަށް ބުނެ އޭސީސީން އެ މައްސަލަ ބަލަނިކޮށް، މަނީ ލޯންޑަރިންގެ މައްސަލައެއް ފާހަގަ ކުރެވިގެން އެކަން ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އެ ކޮމިޝަނުންނެވެ.
މިދިޔަ މާޗް 10 ގައި ފުލުހުން ޝަޒައިލް އަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ އަމަލެއް އޭނާގެ ފަރާތުން ފެނިފައި ނުވާތީ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
ޝަޒައިލަށް ތުހުމަތުވާ މަނީލޯންޑްރިންގެ މައްސަލަ ޕޮލިހަށް
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ
މިސްކިތަށް ހޭދަކުރީ ފާތުންގެ ފައިސާ: މައުމޫން
ފާތުންގެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
އޮކްސިޖަން ހިޔާނާތް: ކޮމިޓީގެ ނިންމުން ތަޅުމަށް