މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
09 އެޕްރީލް 2025
މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހާ ގުޅޭ އެފަދަ މައްސަލައެއް އެ ކޮމިޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލަ އާންމުކޮށް އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.
އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ.
"އެ ފައިސާ [ގެއްލުނު] ހޯދުމުގައި ވެސް އެއްވެސް ކާމިޔާބެއް ނުވޭ. އެ ކަހަލަ ކަންކަން އެބަހުރި. އެހެންވީމާ، ޕީބީސީން ވަކި ގޮތަކަށް ޕްރޮކިއުމެންޓް ޕޮލިސީއާ އެއްޗެހި ހުއްޓާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަދައި، އެ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް،" މި ސަރުކާރު ހިންގާ ޕީއެންސީގައި ވެސް އިސް ދައުރެއް އަދާކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އެފަދަ ވަކި ވަކި މައްސަލަތައް މާލިއްޔަތު ކޮމިޓީން ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ފަހުން ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށާއި ދުބާއީގެ ކުންފުންޏަށް ފުރަތަމަ ދެއްކީ ޕޭމަންޓުގެ 30 ޕަސެންޓު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ޕޭމަންޓް މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި މޯލްޑިވް ގޭހުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އިން އެކަން ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު، އެސްޓީއޯ އިން މިހާރު ވަނީ ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ މަސައްކަތް މިހާރު ކުރާނީ އެސްޓީއޯއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.
"ކުންފުނިތަކުގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުުން، ކުންފުނިތަކުން ޕްރޮކިއުމެންޓަށް ދާއިމީ ގޮތެއްގައި ބޭކާރު ގިނަ ހަރަދުތަކެއް ކުރާއިރު، އެކަންކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
އޮކްސިޖަން ސިލިންޑަަރު މައްސަލަ އަވަހަށް ބަލަން އަންގަނީ
ގޭސް މާނުއާ ގުޅޭ މައްސަލަތަކުގައި އޭސީސީން ޕީޖީ އަށް
ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް