03 އޮކްޓޯބަރ 2019
މޯލްޑިވް ގޭސްގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭން އެ ކުންފުނިން ނިންމައި މިއަދު އެކަން އިއުލާނުކޮށްފި އެވެ.
މޯލްޑިވް ގޭސްގެ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭން އެ ކުންފުނިން ނިންމައި މިއަދު އެކަން އިއުލާނުކޮށްފި އެވެ.
މިއަދު ބޭއްވި މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވީ ހައްޖު ދަތުރު ދޭން އެ ކުންފުނިން ނިންމީ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ޝަޒާއިލް ވިދާޅުވީ ކުންފުނީގެ ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާ އަކީ މުވައްޒަފުން ކަމަށާއި ކުންފުނީގެ ކުރިމަގަކީ ވެސް އެއީ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ އެމްޑީ ޝަޒާއިލް އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މީގެ އިތުރުން އެ ކުންފުނީގައި ޓެކްނިކަލް މުވައްޒަފުން މަދުކަން ފާހަގަކުރައްވައި ޝަޒާއިލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ސްކޮލާޝިޕް ދީގެން ފަންނުވެރި މުވައްޒަފުން އުފައްދާނެ ކަމަށެވެ.
"ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ކުރިމަގާމެދު ވިސްނަނީ މަދު ކުންފުންޏަކުން. އަޅުގަނޑުމެން މުވައްޒަފުން ކުރިއެރުވުމަށް ސްކޮލާޝިޕްތައް ދީގެން ނަމަވެސް އެ ލިބެންޖެހޭ ތަމްރީންތައް ހޯދައިދޭނަން. އެހެންވީމާ އަންނަ ދެތިން އަހަރު ތެރޭ މި ކުންފުނީގައި ތިބޭނީ ތަޖުރިބާކާރު ޓެކްނީޝަނުންނާއި މެކޭނިކަލް ބޭފުޅުން،" ޝަޒައިލް ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މޯލްޑިވް ގޭސްގެ ހުޅުމާލެ ސޭލްސް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ޝަޒާއިލްގެ އިތުރުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝިފާން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ހަފުލާގައި އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ ހަދިޔާ ވެސް ދީފަ އެވެ.
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ
ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: ޝަޒައިލް
މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޑްކޮށްފި
ގޭހުގެ ކޮންމެ ޝިޕްމެންޓަކުން އެއް ލައްކަ ޑޮލަރު އިތުރު
މޯލްޑިވް ގޭސް ދަގަނޑު ފުޅިއާ ދުރަށް!
އެންމެ ބޮޑު ކާމިޔާބީއަކީ ޚަރަދު ކުޑަކުރެވުން: ޝަޒާއިލް
މޯލްޑިވް ގޭސްގެ ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ހިލޭ!
މޯލްޑިވް ގޭހުގެ ފައިދާ ދެގުނަ މައްޗަށް!