Roadha Mihaaru
މޯލްޑިވް ގޭހުގެ ފައިދާ ދެގުނަ މައްޗަށް!

މޯލްޑިވް ގޭހުގެ ފައިދާ 112.5 ޕަސެންޓު މައްޗަށް

07 މެއި 2019

މޯލްޑިވް ގޭހަށް މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި ލިބުނު ފައިދާ، ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނަ އަށް ވުރެ ވެސް މަތިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވް ގޭހަށް މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި ލިބުނު ފައިދާ، ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނަ އަށް ވުރެ ވެސް މަތިވެއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 8 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 17 މިލިއަން ލިބިފައިވެ އެވެ. މިއީ 112.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނީ ޖެނުއަރީގަ އެވެ. އެގޮތުން ޖެނުއަރީ މަހު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފެބްރުއަރީ މަހު 3.9 މިލިއަން ރުފިޔާގެ ފައިދާ ލިބުނު އިރު މާޗު މަހު 5.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 223 މިލިއަން ލިބިފައިވެ އެވެ.