Roadha Mihaaru
މޯލްޑިވް ގޭހުން އާ އަހަރަށް  ބޮޑު ހަދިޔާއެއް!

މޯލްޑިވް ގޭހުގެ އާ އަހަރުގެ ހަދިޔާ އަކީ ލުއިފުޅި އަށް ބަދަލުކުރުމުގެ ޕްރޮމޯޝަން

31 ޑިސެމްބަރ 2019

އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މާކެޓިން އެންޑް ބިޑިން މެނޭޖަރު، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ދަގަނޑު ގޭސް ފުޅި ބަދަލު ކުރުން ވަރަށް ބޮޑަށް އަގުހެޔޮވާނެ ކަމަށެވެ. އެގޮތުން ދަގަނޑުފުޅި، ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ. އެވެ. އާންމު ގޮތެއްގައި ލުއިފުޅި އަށް ބަދަލު ކުރަން 1،775ރ. ހޭދަކުރަން ޖެހެ އެވެ.

ލުއިފުޅި އަށް ބަދަލުކުރަން ބޭނުންވާ މީހުން މޯޅްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ތަނުން ބުނެ އެވެ.

ލުއިފުޅިއަށް ބަދަލުކުރުމުގެ ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ކުރިއަށް ގެންދާ އިރު އެ ކުންފުނިން މަސައްކަތް ކުރަނީ ވިއްކާ ހުރިހާ ފުޅިއެއް، ލުއިފުޅިތަކަށް ބަދަލު ކުރުމަށެވެ.

މޯލްޑިވް ގޭހުގެ ލުއިފުޅި އަކީ ހިފައި ގެންގުޅެން ފަސޭހަ އަދި ދަބަރު ނުޖަހާނެހެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ. މިއީ، ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން ބޮޑު ފީޗާތައް އެކުލަވައިގެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ.

މޯލްޑިވް ގޭހުން ލުއިފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެ ފުޅިއާ މެދު އާންމުން ހޭލުންތެރި ކުރުމަށް ގިނަ ޕްރޮމޯޝަންތަކެއް އެ ކުންފުނިން ވަނީ ކުރިއަށް ގެންދިޔަ އެވެ.