Roadha Mihaaru
މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވް ގޭހުގެ އަހަރީ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

16 ސެޕްޓެމްބަރ 2019

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނީ، މި ޕްރޮމޯޝަނުގައި ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފައިވެ އެވެ. އެއީ ލުއި ބޭސިކް އާއި ލުއި ސްޑޭންޑާޑް ޕެކޭޖެވެ.

ލުއި ބޭސިކްގައި، ލުއި ފުޅި ރަޖިސްޓްރީ ކުރުމާއި އިންސްޓޯލް ކުރުމާއި ގޭސް ފުޅިއަށް ގުޅާ ހޮޅި އާއި ގޭސްފުޅީގައި ހަރުކުރާ ކްލިޕްގެ އިތުރުން 10 ކިލޯގެ ގޭސް ލިބޭނެ އެވެ. މި ޕެކޭޖުގެ އަގަކީ 1،250ރ. އެވެ. ސްޓޭންޑާޑް ޕެކޭޖުގެ އަގަކީ 1،435ރ. އެވެ. މި ޕެކޭޖުގައި ބޭސިކް ޕެކޭޖުން ލިބޭ ހުރިހާ ކަންކަމުގެ އިތުރަށް ގޭސް ފުޅިއަށް ބޭނުންވާ ރެގިއުލޭޓަރު ވެސް ލިބޭނެ އެވެ.

ކުރިއަށް އޮތް 20 ދުވަހަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ. އެ ކުންފުނީގެ އަމާޒަކީ ދިގު މުއްދަތަކަށް މި ޕެކޭޖުތައް ކުރިއަށް ގެންދިއުމެވެ. އެގޮތުން، 20 ދުވަސް ފަހުން އަލުން ޕެކޭޖު ފަށާނެ ތާރީހެއް މޯލްޑިވް ގޭހުން އިއުލާނު ކުރާނެ އެވެ.

މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖޭގެ ބާޒާރަށް ނެރުނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެއަށް ފަހު ލުއި ފުޅި ވިއްކުމާއި ހޭލުންތެރިކުރަން ގިނަ ޕްރޮމޯޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އާންމުންގެ ބޮޑު ތަރުހީބެއް މޯލްޑިވް ގޭހުގެ ލުއި ފުޅި އަށް ލިބިފައިވެ އެވެ.