Roadha Mihaaru
މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި

މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި

26 މާޗް 2019

ކުރިއަށް ވުރެ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތާ އެކު މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް ވުރެ ހެޔޮ އަގެއްގައި ދަގަނޑު ފުޅި ލުއި ފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތާ އެކު މޯލްޑިވް ގޭހުގެ "ލުއިފަސޭހަ ޕްރޮމޯ" ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނީ މި ޕްރޮމޯޝަންގައި ލުއި ފުޅިއެއް 1،000ރ އަށް ލިބޭނެ ކަމަށެވެ. އާންމުކޮށް 1،774ރ އަށް ލިބޭ ލުއި ފުޅީގެ އަގުން 774ރ، ލުއިފަސޭހަ ޕްރޮމޯގައި ކަނޑާލެވުމަކީ، މޯލްޑިވް ގޭހުން ބުނާ ގޮތުގައި، ކަސްޓަމަރުންނަށް ދެވޭ ވަރަަށް ބޮޑު ލުޔެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ގޭސް ފުޅި ކަލެޓް ކުރުމާއި ޑެލިވަރީ ކުރުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުންޏެވެ.

މޯލްޑިވް ގޭހުން ލުއި ފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެއަށް ފަހު ލުއި ފުޅި ވިއްކުމާއި ހޭލުންތެރިކުރަން ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދިޔަ އެވެ.