Roadha Mihaaru
ކްލަބް ޕްރިމިއާ މެމްބަރުންނަށް 4 ތަނަކުން ޑިސްކައުންޓް

އާ އަހަރަށް އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހަތަރު ތަނަކުން ޑިސްކައުންޓެއް

31 ޑިސެމްބަރ 2022

އުރީދޫގެ ކްލަބް ޕްރމިއާ ކަސްޓަމަރުންނަށް ހަތަރު ރެސްޓޯރަންޓަކުން 23 ޕަސެންޓާ ހަމައަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޑިސްކައުންޓު ދޭން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ ކްލަބް ޕްރމިއާ ކަސްޓަމަރުންނަށް ހަތަރު ރެސްޓޯރަންޓަކުން 23 ޕަސެންޓާ ހަމައަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޑިސްކައުންޓު ދޭން ނިންމައިފި އެވެ.

މި އަހަރުގެ ނިމުން ފާހަގަކޮށް، އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކް ކެފޭ އާާއި މީޓް ސްޓްރީޓް ރެސްޓޯރަންޓު އަދި މާލޭގައި ހުންނަ ކްރެޕޭ ރަނާ އާއި ކޮކޯ ޓްރީ އިން ޑިސްކައުންޓެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސެންޓްރަލް ޕާކް ކެފޭ އަކީ މީރު ތަފާތު ވައްތަރުގެ ކެއުންތައް ހެޔޮ އަގެއްގައި ލިބޭ ރެސްޓޯރެންޓެކެވެ. އެއީ ގިނަ އަދަދެއްގެ ކެއުންތަކެއް އަރާމު މާހައުލެއްގައި ލިބެން ހުރި ތަނެއް ކަމަށް ވެސް ބުންޏެވެ.

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާ މީޓް ސްޓްރީޓުން އާ އަހަރާ ދިމާކޮށް ތަފާތު ހަތަރު ކަބާބް ސްޕެޝަލްއާ އެކު ހާއްސަ ކަބާބް ނައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެ އެވެ. އެ ތަނުން ޖެނުއަރީ ތިނެކާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ސްރީ ލަންކަން ސްޓައިލުގެ ކްރެޕޭ ލިބޭ ޓޭކްއަވޭ ކެރެޕޭ ރަނާ އަކީ ފޮނި އަދި ކުޅި އެކި ބާވަތްތަކުގެ ރަހަ މީރު ކްރެޕޭ ލިބޭ ތަނެކެވެ. ކެފޭ ރަނާ ހިންގަނީ މާލޭގަ އެވެ.

އަދި ގިނަ ބްރޭންޑުތަކެއްގެ ޗޮކޮލެޓް ލިބެން ހުރި ކޮކޯ ޓްރީ އަކީ ވެސް ރަހަ މީރު ގިނަ ވައްތަރުތަކެއްގެ ޗޮކްލެޓް ލިބެން ހުރި ތަނެއްކަން ވެސް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ، އަމާޒަކީ މި ފަދަ އެކި މުނާސަބަތުތަކާ ދިމާކޮށް ކަސްޓަމަރުންނަށް ހެޔޮ އަގުގައި އުފާ ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދިނުން ކަމަށެވެ.