Roadha Mihaaru
އައިކެއާއިން އާ އަހަރަށް ސޯޝަލް މީޑިއާ ގިވްއަވޭއެއް

އައިކެއާ އިން އާ އަހަރާ ދިމާކޮށް ސޯޝަލް މީޑިއާ ގިވްއަވޭއެއް

18 ޑިސެމްބަރ 2022

އައިކެއާ އިން އަގު ހުރި އިނާމުތަކާއެކު ސޯޝަލް މީޑިއާ ގިވްއަވޭ ޕްރޮމޯޝަނެއް އާ އަހަރު ފެށުމާ ދިމާކޮށް ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އައިކެއާ އިން އަގު ހުރި އިނާމުތަކާއެކު ސޯޝަލް މީޑިއާ ގިވްއަވޭ ޕްރޮމޯޝަނެއް އާ އަހަރު ފެށުމާ ދިމާކޮށް ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބު ވެރިއަކަށް ފިޔަވަޅު ރިސޯޓް މޯލްޑިވްސްގެ ދެ ރޭގެ ދަތުރެއް ދެ މީހަކަށް ލިބޭނެ އެވެ.

ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ މީހުން އައިކެއާ އޮޕްޓިކަލްްސްގެ އިންސްޓަގްރާމާއި ފޭސްބުކް ޕޭޖް ފޮލޯކުރަން ޖެހެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވާ މީހުން އައިކެއާގެ އިންސްޓަގްރާމް ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، އެ ޕޯސްޓްގެ ކޮމެންޓުގައި ތިން ރަށްޓެހިން ޓެގް ކުރާނީ އެވެ.

އައި ކެއާ އިން ބުނީ، ގިވްއަވޭ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީ އަށް ޝެއާކޮށް، އައިކެއާ އަށް ޓެގް ކުރަން ވާނެ ކަމަށެވެ. ޕްރައިވެޓް ސްޓޯރީއެއް ނަމަ ސްކްްރީން ޝޮޓް ނެގުމަށް ފަހު އައިކެއާގެ ޕޭޖަށް ފޮނުވަން ޖެހެ އެވެ.

އެ ގިވްއަވޭގެ ނަސީބުވެރިޔާ ހޮވާނީ އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.