03 އޮކްޓޯބަރ 2019
ރާއްޖޭގައި އެންމެ ފުޅާކޮށް ގޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭ މޯލްޑިވް ގޭސްގެ އެންމެ ބޮޑު ކާމިޔާބީ އަކީ އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަ ކުރެވުން ކަމަށް މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ގޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭ މޯލްޑިވް ގޭސްގެ އެންމެ ބޮޑު ކާމިޔާބީ އަކީ އެ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަ ކުރެވުން ކަމަށް މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން ޝަޒާއިލް ވިދާޅުވީ، މި ސަރުކާރުގެ މިދިޔަ ނުވަ މަސް ތެރޭގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ސަބަބުން ލިބޭ ފައިދާ އިތުރު ވެފައިވާ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މޯލްޑިވް ގޭހުގެ ޚިދުމަތް ހޯދާ މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ޝަޒާއިލް ވިދާޅުވި ގޮތުގައި، ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ބޭކާރު ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދުމަށެވެ. ޚާއްސަކޮށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ނުކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަރަދު ކުޑަކުރުމަށްޓަކައި މޯލްޑިވް ގޭސް އިން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ބޭރު ގައުމުތަކުން ގޭސް ފުޅި ގަންނައިރު އަގު ހެޔޮކޮށް ގަތުމެވެ.
"އަޅުގަނޑުމެން އެއްޗެހި ގަންނަ އަގު ވަރަށް ބޮޑަށް ކުޑަ ކުރެވިއްޖެ. އެއީ އަޅުގަނޑުމެންގެ ސްޓާފުންގެ ނެގޯސިއޭޝަން ޕަވާ އިތުރުވެ މޯޓިވޭޓް ވުމުން ކަމަށް މި ބަލަނީ." ޝަޒާއިލް ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ މުވައްޒަފުންތަކެއް އަހަރީ ދުވަހުގެ ކޭކު ފަޅަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޝަޒާއިލް ދެކެވަޑައިގަންނަވާ ގޮތުގައި، މޯލްޑިވް ގޭސް އަކީ ރާއްޖޭގައި މުވައްޒަފުންގެ ކުރިމަގަށް މަސައްކަތް ކުރާ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭނެ ތަނެކެވެ.
އެގޮތުން ކުންފުނީގައި ތިބެގެން ކިޔަވަން ބޭނުންވާ މުވައްޒަފުންގެ ކޯސް ފީ ދައްކައިދެނީ މޯލްޑިވް ގޭހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަޒާއިލް ވިދާޅުވީ، މޯލްޑިވް ގޭހުގެ ފަންނީ (އިންޖިނިއަރިން އާއި ޕްރޮޑަކްޝަން) ދާއިރާގައި ތަމްރީން ލިބިފައިވާ ދިވެހިން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭނާ ވިދާޅުވި ގޮތުގައި ބިދޭސީން ގެންނަން ޖެހުމެވެ. ނަމަވެސް ދިވެހިން އެކަމަށް ތަމްރީންކޮށް، ދިވެހިންނަށް ވަޒީފާތައް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަޒާއިލް ވިދާޅުވި އެވެ.
"މެނޭޖްމަންޓާ ގުޅުން ހުރި ވަރަށް ކޭޕެބަލް މުވައްޒަފުން އެބަތިބި. ނަމަވެސް ޓެކްނިކަލް މީހުން ނެތުމަކީ ދެރަވާ ކަމެއް. އެ ލެވެލްގެ ވަޒީފާތަކަަށް އެބަ ބޭނުންވޭ ދިވެހިން،" ޝަޒާއިލް ވިދާޅުވި އެވެ.
ދިވެހިން މިފަދަ ވަޒީފާތަކުން ކުރިއަށް ދާން ބޭނުން ނަމަ އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ޝަޒާއިލް ދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ މޯލްޑިވް ގޭހާ ގުޅޭ މުވައްޒަފުންނަށް ބޭރު ގައުމުތަކުން ތަމްރީން ހޯދައިދެއްވާނެ ކަމަށެވެ.
"އޯ ލެވެލް އިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް އަދި އެމްއައިޓީ ފަދަ ތަންތަނުން ޓެކްނިކަލް ކޯސްތައް ހަދާ ކުދިންނަށް ވެސް އަޅުގަނޑުމެންގެ ކުންފުނިން ފުރުސަތު އެބައޮތް. އަޅުގަނޑުމެންގެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ބޭރު ގައުމުތަކުން ވިޔަސް ހޯދައިދޭނަން،" ޝަޒާއިލް ވިދާޅުވި އެވެ.
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ
ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: ޝަޒައިލް
މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޑްކޮށްފި
ގޭހުގެ ކޮންމެ ޝިޕްމެންޓަކުން އެއް ލައްކަ ޑޮލަރު އިތުރު
މޯލްޑިވް ގޭސް ދަގަނޑު ފުޅިއާ ދުރަށް!
މޯލްޑިވް ގޭސްގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
މޯލްޑިވް ގޭހުގެ ފައިދާ ދެގުނަ މައްޗަށް!
މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ