05 އޮކްޓޯބަރ 2019
ތަރައްގީއާ ފައިހަމަވާ ގޮތަށް މުޖުތަމައުއެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން ޓީޗަރުންތަކެއް އުފައްދައިގެން ކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތަރައްގީއާ ފައިހަމަވާ ގޮތަށް މުޖުތަމައުއެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން ޓީޗަރުންތަކެއް އުފައްދައިގެން ކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވެވި ހިތާބުގައި ވިދާޅުވީ މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު "ޒުވާން މުދައްރިސުން: ތައުލީމީ ދާއިރާގެ ކުރިމަގު" އިން އެނގެނީ ގައުމުގެ ޖީލުތައް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރު ކަމަށެވެ. އޭގެ އިތުރުން ޒުވާން ޓީޗަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި އުފުލަންޖެހޭ ޒިންމާ ބޮޑު ކަންކަން އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިދުމަތުގައި މިިހާރު ތިބި ޓީޗަރުންގެ ތެރޭގައި ޒުވާނުން މަދެއް ނޫނެވެ. ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު ވެސް އަލަށް ގުޅޭ ޓީޗަރުންގެ ބޮޑު އަޣުލަބިއްޔަތަކީ ޒުވާނުން ކަމަށާއި މިހާރު ތަމްރީނުވަމުން އަންނަ ޓީޗަރުންގެ ތެރޭގައި ވެސް ޒުވާނުންގެ އަދަދު ގިނަކަން ފާހަގަކުރެއްވި އެވެ.
"އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއް،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ތައުލީމު ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ވެސް ހަރުދަނާ ޝަހުސިއްޔަތު ހުރި ދަރިވަރުންތަކެއް އުފެއްދުމަަށް ހާއްސަ އިސްކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފި އެވެ.
ތައުލީމީ މަރުކަޒުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ރައީސް ވިދާޅުވިގޮތުގައި، ދަރިވަރުން ހާސިލްކުރާ ސެޓްފިކެޓެއް ނޫނެވެ. އޭގެ ބަދަލުގައި ކާމިޔާބީއަކީ އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ހުންނަ ހަރުދަނާކަމާއި ގައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުށިޔާރުފަދަ ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތައުލީމީ ކޮންމެ މުއައްސަސާއަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށް،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރުގެ ތައުލީމީ ދާއިރާގައި ރަނގަޅު ތައުލީމެއް ލިބިފައިވުމާއި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމާއި ހުނަރުވެރި އަދި އުފެއްދުންތެރި ދަރިވަރުން މުޖުތަމައުއަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުމަށް ހާއްސަ އިސްކަމެއްދޭ ކަމަށް ވިދާޅުވި އެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެސް އެ ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"
ޓީޗަރުންގެ ބޮޑު މުސާރަ މާދަމާ ރައީސް އިއުލާންކުރައްވަނީ
ދޭންވީ އަގުބޮޑެތި ހަދިޔާއެއް ނޫން، އިހުތިރާމް!
"ޓީޗަރުންގެ ބުރަ ތަޖުރިބާކުރެވި ޝަރަފު ދެވިއްޖެ"
ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު: ރައީސް
ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ!
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
ޓީޗަރުންގެ ހުރީ ޝަކުވާ، ހައްލު ކޮން އިރަކުން؟
ރަނގަޅު ތައުލީމަށް ފެންވަރު ރަނގަޅު ޓީޗަރުން މުހިއްމު