04 އޮކްޓޯބަރ 2018
ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ފެންވަރު ރަނގަޅު ޓީޗަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ފެންވަރު ރަނގަޅު ޓީޗަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ފައިދާ ދަރިވަރުންނަށް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ތަރުބަވީ ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ހުނަރު ހުރި ބަޔަކަށް ހެދުމަށް ފާއިތުވި ދުވަސްތަކުގައި ތަމްރީނު ދީފައިވާ ކަމަށެވެ.
"ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، ސްކޫލުތަކުން ކުރައްވާ މަސައްކަތްތަކުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މަސައްކަތް އުފަލާއެކު ފާހަގަކުރަމެވެ. އަދި ދަރިވަރުންގެ ކުރިއެރުމާއި ތަރައްގީ އަށް ސްކޫލުތަކުން ކުރި އަށް ގެންދަވާ ޕްރޮގްރާމްތައް ހިންގެވުމުގައި ސްކޫލުތަކުގެ އިސް ވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތް ވެސް އުފަލާއެކު ފާހަގަކުރަމެވެ،" މިނިސްޓަރުގެ މެސެޖުގައި ވެ އެވެ.
ޓީޗަރުންގެ ދުވަހަކީ ސްކޫލުތަކަށް އަންނަ ބޮޑު އީދެކެވެ. މުޅި ސްކޫލު ތެރެ ޒީނަތްތެރިކޮށް ޓީޗަރުންނަށް ހާއްސަ ކޮށްގެން ސްކޫލުތަކުން އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ.
"ޓީޗަރުންގެ ބުރަ ތަޖުރިބާކުރެވި ޝަރަފު ދެވިއްޖެ"
ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ!
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
ޓީޗަރުންގެ ހުރީ ޝަކުވާ، ހައްލު ކޮން އިރަކުން؟
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
އާބާދީ މަދު ސްކޫލުތަކަށް މަލްޓި ގްރޭޑް ޓީޗިން ތައާރަފްކޮށްފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!