Roadha Mihaaru
ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު: ރައީސް

ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު: ރައީސް

05 އޮކްޓޯބަރ 2020

ދެމެހެއްޓިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންނަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެމެހެއްޓިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންނަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މިއަދު އާދެވިފައި ތިބި ހިސާބަށް އައުމަށް ޓަކައި ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިން ބަފައިންނަށް ފަހުގައި ޓީޗަރުން ކަމަށެވެ. ހަޔާތުގައި ހޯދިފައިވާ ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާ ޓީޗަރުންނަށް އަދި އަޅުގަނޑުމެންގެ ޅަ ޖީލުގެ މަގަށް އަލިކުރުމުގައި ކުރިއަށް ވަޑައިގަންނަވާ ކޮންމެ ޓީޗަރަކަށް އަޅުގަނޑުު ޝުކުރު ދަންނަވަން،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު ފަސް ވަނަ ދުވަހެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަސް މިއައީ ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް ގިނަ ސްކޫލްތަކެއް ބަންދުކޮށްފައިވާ ވަގުތެއްގަ އެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރު ވެސް ކަނޑައަޅާފައި ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާ އެވެ. ޔުނެސްކޯއިން މި އަހަރުގެ ޓީޗަރުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޓީޗާސް: ލީޑިން އިން ކްރައިސިސް، ރިއިމޭޖިނިން ދަ ފިއުޗާ" އެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބާވައި އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކާރިސާގައި ޓީޗަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަގުނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.