Roadha Mihaaru
ގޯޓާބޭގެ ކެންޑިޑެސީއާ ގުޅޭ މައްސަލައެއް ކޯޓަށް

ގޯޓާބޭ ރާޖަޕަކްސާގެ ކެންޑިޑެސީއާ ގުޅޭ މައްސަލައެއް ކޯޓަށް

01 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 1) - މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ ސިޓިޒަންޝިޕާ ގުޅޭ މައްސަލައެއް ކޯޓް އޮފް އެޕީލް އަށް ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 1) - މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ ސިޓިޒަންޝިޕާ ގުޅޭ މައްސަލައެއް ކޯޓް އޮފް އެޕީލް އަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާގެ މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ގޯޓާބެގެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އަވަސް މައްސަލައެއްގެ ގޮތުގައި ނިންމައިދިނުމަށް ކޯޓުގައި އެދިފަ އެވެ. ސަބަބކީ އޮކްޓޯބަރު 7 ގެ ކުރިން އިންތިޚާބަށް ނަން ހުށަހަޅަން ޖެހޭތީ އެވެ. ގޯޓާބޭގެ މައްސަލަ ވަނީ މާދަމާ އަށް ތާވަލް ކޮށްފަ އެވެ.

ގޯޓާބޭގެ ވަކީލް ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ލަންކާ ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑް ގޯޓާބޭ މި އަހަރު ހޯދާފައި ވަނީ ސިޓިޒަންޝިޕް އެކްޓާ ޚިލާފަށް ކަމަށެވެ. ގޯޓާބޭ އަކީ ކުރިން އެމެރިކާގެ ސިޓިޒަންޝިޕް އޮންނަ ފަރާތެކެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގޯޓާބޭ އަކީ ލަންކާ ރައްޔިތެއް ނޫން ކަމަށާއި އޭނާގެ ލަންކާގެ ސިޓިޒަންޝިޕް ސެޓްފިކެޓަކީ ވަގު ލިޔުމެއް ކަމަށެވެ. އެހެންވެ ކުރިއަށް އޮތް އިންތިޚާބުގައި ލަންކާގެ ރިޔާސީ އިންތިޚާބުގައި ގޯޓާބޭ ވާދަކުރަނީ ލަންކާގެ ރައްޔިތެއްގެ ގޮތުގައި ނޫން ކަމަށްވާއިރު އޭނާ ހޮވިވަޑައިގެންފި ނަމަ އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.