28 ސެޕްޓެމްބަރ 2019
ވޮޝިންޓަން (ސެޕްޓެމްބަރު 28) - މި މަހު ކުރީކޮޅު ހަނދަށް ތިރިކުރަނިކޮށް މުވާސަލާތީ ގުޅުން ކެނޑުނު އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ.
ވޮޝިންޓަން (ސެޕްޓެމްބަރު 28) - މި މަހު ކުރީކޮޅު ހަނދަށް ތިރިކުރަނިކޮށް މުވާސަލާތީ ގުޅުން ކެނޑުނު އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ.
ވިކްރަމް ހަނދަށް ލޭންޑްކުރި ތަނުގެ ސެޓެލައިޓް ފޮޓޯތަކެއް ނާސާގެ އުޅަނދަކުން ވަނީ ނަގައިފަ އެވެ. އެކަމަކު ފޮޓޯތައް ނަގާފައި ވަނީ އިރާކޮޅު އަނދިރީގައި ކަމަށްވާތީ ލޭންޑާ ފާހަގަކުރެވިފައެއް ނުވެ އެވެ. ނާސާ އިން ބުނެފައި ވަނީ ވިކްރަމް ހަނދަށް ތިރިކޮށްފައި ވަނީ "ހާޑް ލޭންޑިން" އެއްގައި ކަމަށެވެ. ނާސާ އިން ބުނީ ދުވާލުގެ އަލީގައި އަންނަ މަހު އިތުރު ފޮޓޯތައް ނަގާނެ ކަމަށެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ކުރިން ބުނެފައި ވަނީ ހަނދުގައި ވިކްރަމް ލޭންޑާ އޮތްތަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވިކްރަމް ލޭންޑާ ހަނދަށް ތިރިކުރުމުގެ ކުރިން ނަގާފައިވާ ސްކްރީން ފޮޓޯއެއް. --ފޮޓޯ:އޭއެފްޕީ
ޗަންދްރަޔާން-2 ގެ ލޭންޑާ މި މަހު 7 ވަނަ ދުވަހުގެ ރޭ ހަނދުގެ ސައުތު ޕޯލަށް ތިރިކުރަން ދިޔަ އިރު ވެސް ހުރިހާ ކަމެއް ރަނގަޅެވެ. މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ނާސާގެ ލޫނާ ރެކޮނަސެންސް އޯބިޓާ (އެލްއާރުއޯ) ވަނީ މިމަހު 17 ވަނަ ދުވަހު ލޭންޑިން ސައިޓް ހުރަސްކޮށްފައި ކަމަށާ އަދި އެ ސަރަހައްދުގެ ހައި ރިޒޮލިއުޝަން ފޮޓޯތަކެއް ނަގާފައިވާ ކަމަށް ނާސާ އިން ބުނެފައިވެ އެވެ. ނާސާ އިން ބުނީ އެ ފޮޓޯތަކުގެ އަލީގައި، ވިކްރަމް ލޭންޑާ އޮތްތަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
Our @LRO_NASA mission imaged the targeted landing site of India’s Chandrayaan-2 lander, Vikram. The images were taken at dusk, and the team was not able to locate the lander. More images will be taken in October during a flyby in favorable lighting. More: https://t.co/1bMVGRKslp pic.twitter.com/kqTp3GkwuM
— NASA (@NASA) September 26, 2019
ނާސާގެ ޓްވީޓް
"ލޭންޑިން އޭރިޔާ ފޮޓޯ ނެގިއިރު އަނދިރިވެފައި ވަނީ. ހަނދުގައި ހުރި ވަޅުގަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި. ވިކްރަމް ލޭންޑަށް ހިޔަނި އެޅިފައި ވުމުން ފޮޓޯތަކުން ފާހަގަ ނުވީ ކަމަށް ވެސް ވެދާނެ. އެލްއާރުއޯ އޮކްޓޯބަރު އެ ސަރަހައްދުން ހުރަސްކުރާ އިރު އެކަށީގެންވާ ވަރަށް އަލި ލިބޭނެ. އެ ފޮޓޯތަކުގެ އަލީގައި ވިކްރަމް ލޭންޑާ ލޮކޭޓް ކުރެވޭތޯ ބަލާނަން،" ނަސާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.
އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.
އިންޑިއާ އަކީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމެވެ. މިހާތަނަށް ހަނދަށް އުޅަނދެއް ފޮނުވާފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އިންނެވެ.
އިންޑިއާ ހަނދަށް ގޮސް، ޖައްވީ ބޮޑު ބާރެއްގެ ޝަރަފު
އިންޑިއާ އިން އަނެއްކާވެސް ހަނދަށް އުޅަނދެއް ފޮނުވަނީ
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ
ހަނދަށް ފަހު އިންޑިއާގެ މިސްރާބު އިރަށް
އިންޑިއާ މިއަދު ހަނދަށް!
އަރަބި އަންހެނަކު އަލަށް ޖައްވަށް
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން ބިމަށް