23 އޯގަސްޓް 2023
އިންޑިއާ އިން ހަނދަށް އުޅަނދެއް ފޮނުވަން ފަށާފައިވާ މަސައްކަތުގައި ކުރިމަތިވި ނާކާމިޔާބީތަކަށް ފަހު މިއަދަކީ ތާރީހީ ދުވަހަކަށް ވާނެ ކަމަށް އިންޑިއާ އޮތީ ބޮޑު އުންމީދެއްގަ އެވެ. މިއީ ހަނދުގައި މިހާތަނަށް މާބޮޑު ދިރާސާއެއް ކުރެވިފައިނުވާ ދެކުނު ތަނޑިއާ ކައިރިއަށް އުޅަނދެއް ފޮނުވާ ފުރަތަމަ ފަހަރު ކަމަށް ވާތީ މިއީ ކާމިޔާބުވެއްޖެ ނަމަ ވަރަށް ތާރީހީ ކަމަކަށް ވާނެ އެވެ.

އިންޑިއާގެ ޗަންދްރަޔާން-3 ގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ގަނޑު ފެން ހުރިތޯ ބެލުމެވެ. އެ ހުރިކަން ޔަގީންވެއްޖެ ނަމަ ހަނދުގައި އިންސާނުންނަށް އުޅެވިދާނެ ކަމުގެ އުންމީދު ލިބޭނެ އެވެ.
އިންޑިއާގެ އުޅަނދު މިއަދު ހަނދަން ތިރިކުރަން މަސައްކަތް ފަށާއިރު މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާގެ ލޫނާ-25 ވަނީ ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރަން އުޅެނިކޮށް ވެއްޓި ހަލާކުވެފަ އެވެ.
އިންޑިއާގެ މިޝަން ކާމިޔާބުވެއްޖެ ނަމަ އެ ގައުމު ވާނީ ހަނދަށް "ސޮފްޓް ލޭންޑިން" އެއް ކާމިޔާބުކަމާ އެކު ހެދި ހަތަރު ވަނަ ގައުމަަށެވެ. ކުރިން މިކަން ކާމިޔާބުވެފައި ވަނީ އެމެރިކާ، ކުރީގެ ސޮވިއެޓް ޔުނިއަން އަދި ޗައިނާ އެވެ.
އިންޑިއާ އިން 2019 ވަނަ އަހަރު ޗަންދްރިޔާން-2 ހަނދަށް ތިރިކުރުމުގެ ތެރޭގައި ވަނީ ވެއްޓިފަ އެވެ. އެހެންވެ މިފަހަރު މިޝަންއަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. މިފަހަރު، ވިކްރަމްގެ ނަން ދީފައިވާ ލޭންޑާއާ އެކު މިޝަންގެ ދަތުރު ފެށީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން ގެންދަނީ އެ މީހުންގެ އުޅަނދު ހަނދަށް ތިރިކުރާ މަންޒަރު ވަގުތުން ދައްކަމުންނެވެ. ލަފާކޮށްފައިވަނީ މިއަދު އިންޑިއާ ގަޑިން އިރުއޮއްސި 6:00 ގެ އިރުކޮޅެއް ފަހުން ހަނދަށް ޖެއްސޭނެ ކަމަށެވެ.
އިންޑިއާ ހަނދަށް ގޮސް، ޖައްވީ ބޮޑު ބާރެއްގެ ޝަރަފު
އިންޑިއާ އިން އަނެއްކާވެސް ހަނދަށް އުޅަނދެއް ފޮނުވަނީ
އިންޑިއާގެ އުޅަނދު ނާސާ އަށް ދެނެގަނެވޭ ވަރެއް ނުވި
އިންޑިއާ އިން ހަނދަށް ފޮނުވި ލޭންޑާ ހަލާކެއް ނުވޭ
އިންޑިއާއިން ފޮނުވި އުޅަނދު ހަނދުގައި އޮއްވާ ފެނިއްޖެ
ހަނދަށް ތިރިކުރަނިކޮށް ޖައްވީ އުޅަނދާ ގުޅުންކެނޑިއްޖެ
އިންޑިއާއިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު ކެންސަލް
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި