Roadha Mihaaru
އަރުހަމް މަރާލި މައްސަލައިގެ ހުކުމް މިރޭ

އަރުހަމް މަރާލި މައްސަލައިގެ ހުކުމް މިރޭ

22 ސެޕްޓެމްބަރ 2016

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މީގެ ހަތަރު އަހަރު ކުރިން މަރާލި އަހުމަދު އަރުހަމްގެ މަރާ ގުޅިގެން ހަތަރު މީހަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިރޭ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މީގެ ހަތަރު އަހަރު ކުރިން މަރާލި އަހުމަދު އަރުހަމްގެ މަރާ ގުޅިގެން ހަތަރު މީހަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިރޭ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

އަޑުއެހުންތައް ނިންމާލާފައިވާ އެ މައްސަލައިގެ ހުކުމް ކުރުން މިރޭ ބާއްވާ ގޮތަށް ހަމަޖެއްސިއިރު މީގެކުރިން މިދިޔަ މެއި މަހު ވެސް އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

އެ މައްސަލަ ބަލާ ގާޒީ ވެސް ދެ ފަހަރެެއްގެ މަތިން ވަނީ ބަދަލުވެފަ އެވެ. އެންމެ ފުރަތަމަ ގާޒީ މުހުތާޒް ފަހުމީ އެ މައްސަލަ ބައްލަވަމުން ދަނިކޮށް އޭނާ އަތުން އެ މައްސަލަ ނެގުމަށް ފަހު ހަވާލުކުރީ އޭރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި އަބްދުﷲ ދީދީއާ އެވެ. އެކަމަކު އަބްދުﷲ ދީދީ ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.

އެ މައްސަލާގެ ދައުވާލިބޭ އާތިފް މިއަހަރު ކުރީކޮޅު ކޯޓުން ވަނީ ބަންދުން މިނިވަންކޮށްފަ އެވެ. އޭނާ ދޫކުރި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ނިންމިޔަސް އިސްތިއުނާފެއް ނުކުރެ އެވެ.