28 ނޮވެމްބަރ 2023
މީގެ 11 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ މައްސަލާގައި ހައި ކޯޓުން ހުކުމް އިއްވުން ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
މީގެ 11 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ މައްސަލާގައި ހައި ކޯޓުން ހުކުމް އިއްވުން ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމްގެ އިތުރުން އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ވިސާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ކުށް ސާބިތުނުވި މީހުންގެ ބައި ދައުލަތުން 2017 ވަނަ އަހަރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލުމަށްފަހު އެ މައްސަލާގެ ހުކުމް އިއްވަން ދެ ފަހަރެއްގެ މަތިން ތާވަލްކުރި އެވެ. ހުކުމް އިއްވަން މިދިޔަ މަހު ތާވަލްކުރި މަޖިލިސް ކެންސަލް ކުރުމަށްފަހު ހުކުމް ކުރުމަށް މިއަދަށް ތާވަލްކުރި މަޖިލިސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ނަމަވެސް ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.
އަރުހަމްގެ މަރާ ގުޅިގެން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ވެސް ފުލުހުން ފޮނުވި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެ މީހުންނަށް ދައުވާއެއް ނުކުރެ އެވެ.
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
އަރުހަމް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
އިއްސެގެ މަރު:ގާތިލް މަރަން ކުރި ހުކުމް އިސްތިއުނާފަށް
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް