17 ސެޕްޓެމްބަރ 2019
ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން 2017 ގައި 4.4 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ޚާއްސަ އޮޑިޓް ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ދިރާސާކުރަން ފަށައިފި އެވެ.
ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން 2017 ގައި 4.4 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ޚާއްސަ އޮޑިޓް ރިޕޯޓް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ދިރާސާކުރަން ފަށައިފި އެވެ.
އެ ރިޕޯޓް ދިރާސާކުރަން ފެށީ އޭސީސީގެ އަމިއްލަ އިސް ނެގުމަށެވެ. ދިރާސާ އަށް ފަހު، މައްސަލަ ތަހުގީގު ކުރުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންސީއައިޓީގެ އޮޑިޓެއް ކުރީ، މި ސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އެދިވަޑައިގަތުމަކަށެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އޮޑިޓުން ފާހަގަވި ކަންތައްތަކަކީ، ސަރުކާރުގެ އިދާރާތަކުން މާލީ ކަންކަން ކުރަން އޮންނަ ނިޒާމުން ބޭރުވެ، އަމިއްލަ މަންފާ އަށް އިސްކަންދީގެން ހިންގާފައިވާ ކަންތައްތަކެއް ކަން އޮޑިޓުން ފާހަގަވެފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގި އެންސީއައިޓީ މެދުވެރިކޮށް ޚިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރު މަލީހްގެ ވިސްނުންފުޅަކީ އޮޑިޓް އޮފީހުން ފާހަގަވެފައި ހުރި ކޮރަޕްޝަންގެ ކަންކަން ބަލައިދޭން ކަމާގުޅުން ހުރި ތަހުގީގީ އިދާރާތަކަށް ހުށަހެޅުން،" އަލީ ސޯލިހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް އެންސީއައިޓީ ބަދަލުކުރުމާ އެކު ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ކުރަން ވަނީ ފަށާފަ އެވެ. އޭގެއިތުރުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ރިޕޯޓުގައި އިސްލާހު ކުރަން ލަފާ ދެއްވި ކަންކަން ވެސް އެންސީއައިޓީން ކުރިއަށް ގެންދާނެ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
އެންސީއައިޓީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންކަން ކޮށްފައިވެ އެވެ. އޭގައިވާ ގޮތުން 4.4 މިލިއަން ރުފިޔާގެ މަޝްރޫއު ބީލަމަށް ލުމުގެ ކުރިން ވެސް ވަކި ކުންފުންޏަކާ ހަވާލުކުރުމުގެ ނިޔަތުގައި ކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ. މަޝްރޫއު ބީލަމަށް ލުމުގެ ކުރިން ވެސް މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު އެންސީއައިޓީން މަޝްވަރާކުރި އެވެ.
އެނގިފައިވާ ގޮތުގައި، އެ މަޝްރޫއު ހަވާލުކުރީ މެކްސް ކޮމްއާ އެވެ.
ޚިޔާނާތަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ބައެއް ކަންކަން ކުރެއްވި ކަމަށް ތުހުމަތުކޮށްފައި ވަނީ އޭރު އެތަން ހިންގެވުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އަށެވެ. ރިޕޯޓުގައި ނަން ހިމަނާފައި ނެތަސް އޭރު އެ މަގާމުގައި ހުންނެވީ އޭނާ އެވެ.
އޮޑިޓުގައިވާ ގޮތުން މި މަޝްރޫއު ހަވާލުކޮށް އެޑްވާންސް ފައިސާގެ ގޮތުގައި މި މަސައްކަތުގެ ޖުމްލަ އަގު ކަމަށްވާ ތިން މިލިއަން ރުފިޔާގެ 50 ޕަސެންޓް ދިނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. އަދި ބާކީ ހުރި ހުރިހާ ފައިސާއެއް ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމެނީސް ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެންސީއައިޓީން ކުރިއަށް ގެންދިޔަ ނެޝަނަލް ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ހޯދުމުގެ މަސައްކަތުގައި އެންސީއައިޓީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިނުކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި އޭރު އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަމިއްލަފުޅަށް ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ފައިސާ ދޫކުރަން ތައްޔާރުކޮށްފައިވާ ޕޭމަންޓު ވައުޗަރުުގައި އަޝްމަލީ ސޮއި ކުރައްވާފައިވާ އިރު އޭނާ އަކީ އެ ހުއްދަ އޮންނަ ބޭފުޅެއް ނޫން ކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ތަހުމަތީއާ ގުޅުވައި އަމީނަށް އޭސީސީން ބޮޑެތި ތުހުމަތު
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި
ކޮރަޕްޝަނަށް ހުޅުވޭ މާއްދާ އުވާލަން އަނެއްކާވެސް އެދެފި
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟
ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ
ރިލީފް ޕެކޭޖުގެ ކަންކަން ރަނގަޅަށް ދޭތޯބަލަން އެދިއްޖެ
ކޮރަޕްޝަން ހިނގާނަމަ ހިމޭނަކުން ނުހުރެވޭނެ: ޒަރިޔަންދު