23 އެޕްރީލް 2020
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް ތައާރަފުކޮށްފައިވާ ރިލީފް ޕެކޭޖުގެ ހުރިހާ ކަމެއް ހިނގަނީ އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތަށްކަން ކަށަވަރުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް ތައާރަފުކޮށްފައިވާ ރިލީފް ޕެކޭޖުގެ ހުރިހާ ކަމެއް ހިނގަނީ އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތަށްކަން ކަށަވަރުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ކުއްލި ގޮތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް އޭސީސީން ވަނީ ނެރެފަ އެވެ. އެ ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ޖަވާބުދާރީވުމާއި ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓުގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުމާއި ފާރަވެރިވުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
އެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން، ދައުލަތުން ދޭ އެހީ ލިބޭނީ ކޮން ފަރާތްތަކަކަށް ކަން ސާފުކޮށް އެނގުމާއި އެ ފަރާތްތައް ކަނޑައެޅުމަށް ދައުލަތުން ގެންގުޅޭ މިންގަނޑު ރައްޔިތުންނަށް ފެންނަން އޮތުމާއި އިގުތިސާދީ އެހީ ދެވޭ ވިޔަފާރިތަކަށް އެ އެހީ ހަރަދުކުރާ ގޮތްތަކުގެ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ގޮތަށް ކަނޑައެޅުން ހިމެނެ އެވެ. އަދި އެ އެހީގެ ފައިސާ ހަރަދުކުރާ ގޮތް އާއްމުކޮށް ފެންނާނެހެން ރިޕޯޓުކުރަން ޖެހޭގޮތަށް ބޭއްވުމާއި އެފަދަ އެހީއާ ގުޅޭގޮތުން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތައް ކަނޑައަޅައި އާއްމުކުރުމަކީ ވެސް ގައިޑްލައިންގައި ހިމަނާފައިވާ ކަންކަމެވެ.
އެ ކަންކަމުގެ އިތުރުން، ކާރިސާއާ ގުޅިގެން ހިންގާ ސްޓިމިއުލަސް ނުވަތަ ރިލީފް ޕްރޮގްރާމްތައް ހިންގާއިރު އެފަދަ ޕްރޮގްރާމްތަކުގެ ރިސްކް އެސެސްކުރުމަށް އިސްކަންދިނުމާއި ރިސްކް އެސެސްމަންޓް ނުހެދޭ ހާލަތުގައި ވެސް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ރިކޯޑުކޮށް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަން އަންގާފައިވެ އެވެ. އިގުތިސާދީ އެކި މަސައްކަތްތައް އާލާ ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މަސައްކަތްތެރިންނަށް ދައުލަތުގެ ބިން ފަދަ އެކިއެކި ވަސީލަތްތައް ހިލޭ ނުވަތަ އެހެން ގޮތަކަށް ދިން ކަމުގައި ވިއަސް އެކަންކަން ކުރުމުގައި ނަޒާހަތްތެރިކަމާއި އިންސާވެރިކަން އިސްކުރުމާއި އަދި ގުޅުންހުރި ހުރިހާ ކަމެއް ތަފްސީލުކޮށް އާއްމުކޮށް ހާމަކުރުން ހިމެނެ އެވެ.
ސަރުކާރުން ވަނީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ އަނދަވަޅުގައި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދިނުމަށް 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، އެ އެހީއަށް އެދުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
- ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުން ރާއްޖެއަށް ދޭ އެކި ކަހަލަ އެހީ ބޭނުންކުރެވޭނީ އެ އެހީ ދޭ މަގުސަދު ހާސިލްކުރުމަށްކަން ޔަގީންކުރުމަށްޓަކައި އެހީގެ ބާވަތާއި މިިންވަރާއި އެހީ ދިން ފަރާތް އަދި އެކަމާ ގުޅޭގޮތުން އެހީ ދިން ފަރާތުުން ކަނޑައަޅާފައިވާ ހުންނަ އެންމެހާ ޝަރުތުތައް ހާމަކުރުން
- ކޮވިޑް-19 އާ ގުޅިގެން ކުރަމުން ގެންދާ ހަރަދުތަކުގެ ތަފްސީލު، ކަނޑައެޅޭ ވަކި މުއްދަތެއްގައި ފިނޭންސް މިނިސްޓްރީ އަށް ރިޕޯޓުކުރުމާއި އެގޮތަށް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމްކުރުން
- މި ހާލަތު ނިމުމުން ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ކުރި ހުރިހާ ކަމެއްގެ ހާއްސަ އޮޑިޓެއް ހެދުން އަދި މި ހާލަތަށް ބަދަލު ނައިސް ދިގުދެމިގެންދާ ހާލަތުގައި ކަނޑައެޅޭ ވަކި މުއްދަތަކުން އޮޑިޓްކުރަމުން ގެންދިއުން
- އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުމެއް ހަދަންޖެހޭ ހާލަތުގައި އެއްބަސްވުންތަކުގައި ހުންނަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުމާއި ކުރާ މަސައްކަތެއްގެ މަގުސަދު ހާސިލްކުރެވޭނެ ފަދަ ބަޔަކާ މަސައްކަތް ހަވާލުކުރުމާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުން
- ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެތި ދައުލަތަށް ހޯދާނީ ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމާއި އާއްމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތު ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުން
- ކަރަންޓީން ފެސިލިޓީތަކަށް މީހުން ހަމަޖެއްސުމާއި އެ ތަންތަނުގައި ތިބޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމާއި އެ ގައުމުތަކުގައި ތިބި ދިވެހިންނަށް "ކެއާ ޕެކޭޖު" ފޮނުވުމުގެ އިތުރުން އެކި ކަންކަމުގައި ދީފައިވާ ލުއިފަސޭހަ އާއި ދީފައިވާ ހުއްދަތަކުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ނެގިޔަ ނުދީ ރިޝްވަތުގެ އަމަލު ހިންގިޔަ ނުދީ، ކަނޑައެޅޭ އިންސާފުވެރި އުސޫލެއްގެ ދަށުން ލިބިފައި ހުރި އެކި ވަސީލަތްތަކަށް ބިނާކޮށް އަމަލުކުރުން
- ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ނިންމާ ނިންމުންތަކުގެ ތަފްސީލުތައް ލިޔެކިޔުމުން ފަސޭހައިން ފެންނާނެ ގޮތް ހެދުން
- ކޮވިޑް-19 އާ ގުޅިގެން ހަރަދުތައް ކުރަން ޖެހުނު ސަބަބާއި އެ ހަރަދުތަކާ ހަވާލުވި ފަރާތްތަކާ އަދި އެ ހަރަދުތަކާ ގުޅޭގޮތުން ރިޕޯޓު ކުރެވެން އޮންނަ އެންމެ ބޮޑަށް ރިޕޯޓުކުރުން
- ވަކި މުވައްޒަފަކަށް ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތައް ނުދީ އަމަލުކުރަންޖެހޭ އުސޫލުތަކާއި މަސްއޫލިއްތުތަކާއި މުއާމަލާތްތައް ހިންގަންޖެހޭ ގޮތް ކަނޑައަޅައި ތަންފީޒުކުރެވެން ހުރި ވަރަކަށް ތަންފީޒުކުރުން
- ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރަނގަޅަށް ސުޕަވައިޒްކޮށް މޮނީޓާކުރަން ބޭނުންވާ ގޮތްތައް ކަނޑައަޅައި ތަންފީޒުކުރުން. ސިއްރު ހިފަހައްޓަންޖެހޭ މަސައްކަތްތަކުގެ ސިއްރު ހިފެހެއްޓުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން
އޭސީސީން ބުނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ބޮޑެތި ކާރިސާތަކުގައި ވެސް އަމިއްލަ މަސްލަހަތު އިސްކޮށް ނާޖާއިޒު ފައިދާ ހޯދުމުގެ ކަންކަން ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އެ ގައިޑްލައިންގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގައި ކޮރަޕްޝަންގެ ސަބަބުން އެޅިދާނެ ހުރަސްތައް ކުޑަކޮށް ކަންކަމާ ގުޅޭގޮތުން އިރުޝާދު ދިނުންކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި
ވެންޓިލޭޓަރު މައްސަލަ މި މަހު ނިންމާނަން: އޭސީސީ
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
އެއްބަސްވުން ބާތިލްކޮށް ފައިސާ ހޯދަން ހެލްތަށް ވަނީ އަންގާފައި
ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބިޑަށް ހުޅުވާލަނީ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި