12 އެޕްރީލް 2020
ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވިޔަސް ނިޒާމުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ހިނގާ ނަމަ، ހިމޭނުން ނުހުންނަވާނެ ކަމަށް ވިދާޅުވެ، ސިއްހީ ސަލާމަތުގެ ނަމުގައި ވެސް ވައްކަން ކުރަމުންދާ ކަމަށް އިސްމާއިލް ޒަރިޔަންދު ތުހުމަތު ކުރައްވައިފި އެވެ.
ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވިޔަސް ނިޒާމުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ހިނގާ ނަމަ، ހިމޭނުން ނުހުންނަވާނެ ކަމަށް ވިދާޅުވެ، ސިއްހީ ސަލާމަތުގެ ނަމުގައި ވެސް ވައްކަން ކުރަމުންދާ ކަމަށް އިސްމާއިލް ޒަރިޔަންދު ތުހުމަތު ކުރައްވައިފި އެވެ.
ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދަކީ ޓެންޑަ ބޯޑުގައި އާއްމުން ތަމްސީލްކުރައްވާ މެމްބަރެކެވެ. އޭނާ ގެންދަވަނީ، ބައެއް މަޝްރޫއުތަކުގައި ހިންގާ އުސޫލާ ޚިލާފު ބައެއް ކަންކަން ތިލަކުރައްވަމުންނެވެ.
އެންމެ ފަހުން އޭނާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައި ވަނީ ކުރިން ވައްކަން ކުރަނީ ރައްޔިތުންގެ މުދަލުން ކަމަށެވެ. އެކަމަކު، މިހާރު ވައްކަން ކުރަނީ، ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށެވެ. އެކަން ކުރަނީ، ކުރިން ވެސް އެ ތުހުމަތު ކުރެވޭ ގްރޫޕަކުން ކަމަށް ކުރެއްވި ތުހުމަތުގެ ތަފްސީލެއް ނުދެއްވަ އެވެ.
ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އިން އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ޚާއްސަކޮށްގެން ބައެއް މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި، ވައިރަހާ ގުޅިގެން ސިއްހީ ދާއިރާ އަށް އަގުބޮ ގިނަ އަދަދެއްގެ ވަސީލަތްތައް ހޯދުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.
ޒަރިޔަންދު ކުރެއްވި ތުހުމަތުގެ ތަފްސީލް ހޯދަން "މިހާރު" އިން އެދުމުން ވިދާޅުވީ، އޭނާ އަކީ ނިޒާމުގެ ތެރޭގައި ދައުލަތުގެ ފައިސާ ހޭދަވާ ގޮތާއި، ވައްކަމާއި ކޮރަޕްޝަން ހިންގާތޯ ބަލައި އެކަން ހުއްޓުވަން 2012 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޓުވީޓް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަން ކުރައްވަނީ، ކުންފުންޏަކާ ހަވާލުކޮށްގެން މުދަލެއް ގެންނަ ނަމަ ވެސް އޭނާ އަމިއްލަ އަށް އަގުތައް ވެސް ހޯއްދަވައި އެކަމުގައި ގޯހެއް އުޅޭ ނަމަ އެކަން ހުއްޓުވަން ކަމަށް ވިދާޅުވި އެވެ.
ޓެންޑަ ބޯޑުގެ މަގާމަށް އައްޔަން ކުރެއްވުމަކީ އެކަން ހުއްޓެން ވީ ސަބަބެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ގޯސްކޮށް ހިނގާ ކަންކަމުގެ ވާހަކަ މިހާރު ވެސް ދައްކަވަނީ އެހެންވެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ދައުލަތުގެ މާލީ ކަންކަމަށް ޚިޔާލުފާޅުކުރުމާއި ކޮރަޕްޝަނާއި ޚިޔާނާތާއިދެކޮޅަށް ވަކާލާތު ކުރުމުގައި އުޅެނިކޮށް މިދިޔަ ދައުރުވެސް ނިމުނީ، ދެން ހަމަ ވެރިކަން ބަދަލުވިޔޭ ކިޔައި ބަސްމަގު ބަދަލުކުރަންޖެހޭ ސަބަބެއް ނުވިސްނޭ.
— Ismail Zariyand (@zariyand) April 10, 2020
ތެދުވެރިކަމާއި އިންސާފަށް ލޯބިކުރުމުން ދެވޭނޭ ދެރައެއް ނޯންނާނެ
އެކަމަކު ބައެއް މީހުންގެ ނަޒަރުގައި، މަގާމެއް ލިބުމަކީ ކޮރަޕްޝަން ހިނގާ ނަމަ އެކަން ނުބުނަންވީ ސަބަބެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވާހަކަ ދައްކައި ބޭނުމަކީ އޭނާ މަޝްހޫރުވުން ކަމުގެ ތުހުމަތު ކުރާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
Majidh,
— Ismail Zariyand (@zariyand) April 9, 2020
Alhugandakee Siyaasee Maqaamehgai Hunnaane Meeheh noon,
Board Memberun nakee Qawaaidhu ge ch10 ge hamathakai Fenvarah balai eQawaaidhugai Bayaan kura Usoolun Ayan kuraa Bayeh, Ginain Thibeynee eki ofees thakuge Muvahzafun. eTweet ai ehves Tender akai Gulhumei nei.
Sukriya https://t.co/WfZHaGU2lK
"ބައްލަވާ، އަޅުގަނޑު 2012 އިން ފެށިގެން ވެސް ކޮރަޕްޝަނާ ދެކޮޅަށް ފާޅުގައި ބަސް ބުނަމުން މި އަންނަނީ. މިހާރު ވެސް އަޅުގަނޑު މިކުރަނީ އެ ކަންކަން، ސިސްޓަމް ތެރޭގައި މިވެނި މައްސަލައެއް އުޅެއޭ ބުނީމަ، އެކަން ބަލަން ޖެހޭނީ އިދާރާތަކުން،" ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަހުން، ސޯޝަލް މީޑިއާގައި އޭނާ ހާމަކުރެއްވި ކަމަކާ ގުޅޭ ގޮތުން އިދާރާއަކުން ސުވާލު ކުރި އެވެ. އެކަމުގައި އެ އިދާރާ އިން އޮޅުންފިލުވަން ބޭނުންވި ކަންކަން ތަފްސީލްކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރާ ޓުވީޓްތަކުގައި ވާނީ ދައުލަތުގެ ނިޒާމުގެ ވާހަކަ. އިދާރާއަކުން ގުޅީމަ ވެސް ކަމާއި ވަކި ފަރުދެއް ނުވަތަ ޝަހުސެއްގެ މައްސަލަ ނެތުމުން، އެ ބޭފުޅުންނާއި ނިޒާމުގައި ފާހަގަކުރެވޭ މައްސަލަ ކިޔައިދިނިން،" ޒަރިޔަންދު ވިދާޅުވި އެވެ.
ސަރުކާރުން ހިންގަން ބޭނުން 2.5 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތަކާއި އެހެނިހެން މަސައްކަތްތައް، ހަމަހަމަ އުސޫލެއްގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކުރަން ނިންމަނީ ޒަރިޔަންދު ހިމެނިވަޑައިގަންނަވާ ނެޝަނަލް ޓެންޑާ ބޯޑުންނެވެ. މީގެ އިތުރުން އެ ދާއިރާއާ ގުޅޭ ސިޔާސަތުތައް ހެދުމުގައި ވެސް ޓެންޑާ ބޯޑުން ބައިވެރިވެ އެވެ.
މީގެ 34 އަހަރު ކުރިން 1986 ގައި ސަރުކާރާ ގުޅިވަޑައިގެންނެވި ޒަރިއަންދު ވަނީ އެ މުއްދަތުގައި ސަރުކާރުގެ އޮޑިޓިންގެ ދާއިރާ އިން އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމް ވެސް އެނާ ފުރުއްވި އެވެ.
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
ޒަރިޔަންދާއެކު އޭސީސީ އަށް ގިނަ ބަޔަކު ކުރިމަތިލައިފި
ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ޝިމާޒް މައްސަލައިގެ ތަފްސީލަށް މައުމޫން އެދިވަޑައިގެންފި
ތަހުމަތީއާ ގުޅުވައި އަމީނަށް އޭސީސީން ބޮޑެތި ތުހުމަތު
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި
ކޮރަޕްޝަނަށް ހުޅުވޭ މާއްދާ އުވާލަން އަނެއްކާވެސް އެދެފި
ވެބްފޮންޓެއިނާ ހަވާލުކުރުމުގައި ގޯހެއް ނުހަދަން:ފިނޭންސް