Roadha Mihaaru
އާސެނަލުގެ މައްސަލަތައް ހައްލެއް ނުވޭ: އެމެރީ

އާސެނަލުގެ މައްސަލަތައް ހައްލެއް ނުވޭ: އެމެރީ

16 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދެކެވި އެކަން ހައްލުކުރާނެ ގޮތް ބުނެދީގެން ވެސް އަދި އެކަން ކާމިޔާބުނުވާ ކަމަށާއި އެހެންވެ އެކަމާ ބެހޭގޮތުން ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދެކެވި އެކަން ހައްލުކުރާނެ ގޮތް ބުނެދީގެން ވެސް އަދި އެކަން ކާމިޔާބުނުވާ ކަމަށާއި އެހެންވެ އެކަމާ ބެހޭގޮތުން ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

ލީގުގައި ރޭ އާސެނަލުން ފުރަތަމަ ހާފުގައި ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ދެ ގޯލުން ރަނގަޅު ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ވެޓްފޯޑުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ވެޓްފޯޑުގެ ލަނޑުތައް ޖެހީ ޓޮމް ކްލެވަލީ އާއި ރޮބާޓޯ ޕެރޭރާ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އާސެނަލް އޮތީ ހަތް ވަަނައިގަ އެވެ. މިހާތަނަށް އެ ޓީމަށް ލީގުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު، ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ އިތުރުން ފަހަތުން އަންނަނީ ގިނަ ގޯސްތަކެއް ފެންނަމުންނެވެ.

ރޭގެ މެޗަށް ފަހު އެމެރީ ބުނީ ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ވިސްނުމެއްގައި މެޗު ފެށިގެން ނިމެންދެން ކުޅުން ކަމަށެވެ.

"ތަކުރާރުކޮށް އެއް ވާހަކައެއް އަހަރެން ވިސްނައިދެމުން މި އަންނަނީ. އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅު ހާލަތްތައް ވެސް އެބައާދޭ. އެކަމަކު އެ ދަނޑިވަޅުތަކުގެ ބޭނުމެއް ނުހިފޭ. ދެން އަހަރެމެންގެ ކުޅުން ގޯސްވާ ވަގުތުތަކުގައި ކުޑަ ހިތްވަރެއް ލައިގެން ވެސް އިދިކޮޅު ޓީމު ހުއްޓުވޭނެ ގޮތެއް އަދި ނުފެނޭ. އަހަރެން މި ދަނީ ކިޔައިދެމުން. އެހެންވެ މީގައި ހައްލު އޮތީ ކުޅުންތެރިންގެ އަތުގައި. އަހަރެން ދައްކާނެ ވާހަކަތަކެއް ނެތް،" ހިތްހަމަނުޖެހިފައިހުރެ އެމެރީ ބުންޏެވެ.

އާސެނަލްގެ ކެޕްޓަން ގްރޭނިޓް ޝާކާ ބުނީ ރޭގެ މެޗުގައި އެ ޓީމު އަތުން ޕޮއިންޓް ގެއްލުނީ ދެ ވަނަ ހާފްގައި ވެޓްފޯޑް ދެކެ ޖެހިލުންވެ ތިބެ ކުޅުމުން ކަމަށެވެ. އެކަމަކު އެމެރީ ވަނީ ޝާކާގެ ވާހަކަތަކަށް އެއްބަސްނުވާ ކަމަށް ބުނެފަ އެވެ.

"އެއީ ހަމައެކަނި އެންމެ ކުޅުންތެރިއަކު ދެކޭ ގޮތް ކަމަށް ވެދާނެ. މި މެޗުން މޮޅުނުވެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން،" ކުރިން ވެލެންސިއާ އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

ލީގުގައި ރޭ ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-1 އިން އެވަޓަން ބަލިކޮށްފަ އެވެ.