08 ނޮވެމްބަރ 2021
ލަންޑަން (ނޮވެމްބަަރު 8) އާސެނަލްގެ ކޯޗު ކަމުގައި މިކެލް އާޓެޓާ ދަނޑަށް ނުކުތް 100 ވަނަ މެޗުގައި ވަޓްފޯޑުގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
ލަންޑަން (ނޮވެމްބަަރު 8) އާސެނަލްގެ ކޯޗު ކަމުގައި މިކެލް އާޓެޓާ ދަނޑަށް ނުކުތް 100 ވަނަ މެޗުގައި ވަޓްފޯޑުގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ފުރަތަމަ ތިން މެޗުން ވީ ބައްޔަށް ފަހު، މި ސީޒަނުގައި މެޗަކުން ބަލިނުވެ 10 މެޗު ހަމަކޮށްފަ އެވެ. މި 10 މެޗުގެ ތެރެއިން އާސެނަލް ވަނީ އަށް މެޗު ކާމިޔާބު ކޮށްފަ އެވެ.
އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އައުބަމެޔަން ފުރަތަމަ ހާފުގައި ފޮނުވައިލި ޕެނަލްޓީއެއް ވަޓްފޯޑުގެ ގޯލްކީޕަރު ބެން ފޮސްޓާ މަތަކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު 56 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެމީލް ސްމިތު ރޯ 21، އެވެ. މިއީ އޭނާ ލީގުގައި ވިދިވިދިގެން ލަނޑު ޖެހި ތިންވަނަ މެޗެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، ވަޓްފޯޑުގެ ޔުރާއީ ޚުޗްކާ ކުރި ކުށަކާ ގުޅިގެން އޭނާ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުން މޮޅުވުމާއެކު، އާސެނަލް ވަނީ 11 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައި، 20 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތީ ރޭ ވެސްޓްހޭމް އަތްދަށުވި ލިވަޕޫލެވެ.
ޓޮޓެންހަމް ހޮޓްސްޕާގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ އެވަޓަންއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފަހު ވަގުތު އެވަޓަންގެ ޑިފެންޑަރު މޭސަން ހޯލްގޭޓަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ލީޑްސް ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ 26 ވަނަ މިނިޓުގައި ލީޑްސްގެ ރަޕީނިއާ ލީޑު ނަގައިދީފައި ވަނިކޮށް، އޭގެ ދެ މިނިޓު ފަހުން ލެސްޓާއަށް އެއްވަރު ކޯށްދިނީ ހާވީ ބާންސް އެވެ.
ލީގު ތާވަލުގެ 11 ވަނައިގައި އޮޔް އެވަޓަން އާއި 12 ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 11 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ޓޮޓެންހަމް ތާވަލުގެ ނުވަ ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ.
އާޓެޓާ އުފާފާޅުކުރި ގޮތުން އަނެއް މެޗަށް ސަސްޕެންޑް
ސިޓީގެ ހަރަކާތަށް އާޓެޓާގެ ޝައުގެއް ނެތް
ނިއުކާސަލްއިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއްނުކުރި
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
އެންމެ ވާދަވެރިވާނީ އަންނަ ސީޒަނުގެ ލީގު: އާޓެޓާ
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
ފުރަތަމަ ހާފުގައި ދެއްކި ކުޅުމުން އާޓެޓާ އަށް އުއްމީދު
ޖީސަސްގެ އެނބުރި އައުމާއެކު އާޓެޓާ އަށް ބޮޑު އުފަލެއް
ބްރޭކަށް ފަހު ވެސް އަންނަން ވާނީ އާސެނަލްގެ ގޮތުގައި