08 އެޕްރީލް 2019
ލިވަޕޫލް (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެވަޓަން އަތުން 1-0 އިން ބަލިވިޔަސް އާސެނަލް އަށް އަދިވެސް ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުމުގެ އަމިއްލަ ބާރު އެބައޮތް ކަމަށާއި އެ ޓީމަށް އެ ޖާގަ ނުގެއްލޭނެ ކަމަށް، ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ލިވަޕޫލް (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެވަޓަން އަތުން 1-0 އިން ބަލިވިޔަސް އާސެނަލް އަށް އަދިވެސް ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުމުގެ އަމިއްލަ ބާރު އެބައޮތް ކަމަށާއި އެ ޓީމަށް އެ ޖާގަ ނުގެއްލޭނެ ކަމަށް، ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ރޭގެ މެޗުން މޮޅުވެގެން އާސެނަލް އަށް ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެ މެޗުން ބަލިވުމުން އެ ޓީމު އޮތީ ހަތަރު ވަނައިގައި 32 މެޗުން 63 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވެސް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ވެސްޓް ހޭމް އަތުން ބަލިނުވެ ހިފަހައްޓާލެވުނަސް އެ ޓީމު ލީގުގެ ހަތަރު ވަނަ އަށް އަރާނެ އެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ ގެއްލުނީ މުހިއްމު ފުރުސަތެއް ނަމަވެސް މިއީ އެއްގޮތަކަށް ވެސް މާ ބޮޑަށް މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން ބަލިވީ ރަނގަޅަށް ނުކުޅެވުނީމަ. ޔަގީނުން ވެސް އެނގޭ ކަމަކީ މި ޓީމު މޮޅަށް ކުޅެފިއްޔާ ނަތީޖާ ނެރެވޭނެކަން. ކޮންމެ ގޮތެއް ވިޔަސް މި މެޗުގައި އަހަރެމެން ބަލިވީމަ މިއީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން އަހަރެމެން އަދިވެސް މި އޮތީ ހަތަރު ވަނައިގައި. އަމިއްލަ ބާރުގައި މި މަގާމު އަހަރެމެންނަށް ދެމެހެއްޓޭނެ،" ކުރިން ސެވިއްޔާ އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.
ގަަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ ދެ ޖާގަ އަށް ވާދަކުރަނީ އާސެނަލާއި ޗެލްސީ، ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑް އެވެ. އެމެރީގެ ނަޒަރުގައި އާސެނަލަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ލީގުގައި ބާކީ އޮތް ހަ މެޗަށް ނުކުންނައިރު، އެއިން އެއްވެސް ޓީމަކާ ކުޅެން ނުޖެހުމެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގެ ހަަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ފިލް ޔަގިއެލްކާ އެވެ. ޔަގިއެލްކާ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނީ ވޯމްއަޕްގައި އެ ޓީމުގެ ޑިފެންޑަރު މައިކަލް ކީން އަށް އަނިޔާވުމުން އޭނާގެ ބަދަލުގަ އެވެ. އުމުރުން 36 އަހަރުގެ ޔަގިއެލްކާ އަކީ މި ފަހަރުގެ ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއާ އެވެ.
މި ފަހަރުގެ ސީޒަނަށް ބޮޑު ހަރަދުކޮށްގެން ނުކުތް އެވަޓަން އިން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ގަދަ ހައެއްގެ ދެ ޓީމު ބަލިކޮށްފަ އެވެ. އާސެނަލްގެ އިތުރުން އެ ޓީމުގެ އަށްދަށުވި އަނެއް ޓީމަކީ ޗެލްސީ އެވެ. ދެން އެވަޓަން އަމިއްލަ ދަނޑުގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ރޭ ކުޅުނު އިނގިރޭސި އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި ވަޓްފޯޑް ވަނީ ފަހަތުން އަރައި 3-2 އިން ވުލްވްސް ބަލިކޮށް ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފަ އެވެ. އަންނަ މަހު 18 ވަނަ ދުވަހުގެ ފައިނަލުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ވަޓްފޯޑް އެވެ.
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
އާސެނަލް ބަލިކޮށް އެމެރީ ތަށީގެ ވާހަކަ ފަށައިފި
އާ ކޯޗާ އެކު އެވަޓަން އިން އާސެނަލް ބަލިކޮށްފި
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް
ސިޓީ ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސްލީގާ ގާތަށް
އެވަޓަން އިން އާސެނަލް ބަލިކޮށްފި
އާސެނަލް ބަލިވިއިރު، ޔުނައިޓެޑް ފަހު ވަގުތު އެއްވަރު
ލިވަޕޫލް ހަތް ގޯލު ޖަހައިފި، ސިޓީ އަށް މޮޅެއް
47 އަަހަރު: އާސެނަލް ދަނޑުގައި ލެސްޓާ އަށް މޮޅެއްް
އާސެނަލުގެ މައްސަލަތައް ހައްލެއް ނުވޭ: އެމެރީ