05 ފެބުރުއަރީ 2023
ލިވަޕޫލް (ފެބްރުއަރީ 4) - އެވަޓަންގެ އާ ކޯޗު ޝޯން ޑައިސް އާއެކު ކުޅުނު ފުރަތަމަ މެޗުގައި ލީގު އެއް ވަނައިގައި އޮތް އާސެނަލް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
ލިވަޕޫލް (ފެބްރުއަރީ 4) - އެވަޓަންގެ އާ ކޯޗު ޝޯން ޑައިސް އާއެކު ކުޅުނު ފުރަތަމަ މެޗުގައި ލީގު އެއް ވަނައިގައި އޮތް އާސެނަލް އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
އެވަޓަން މޮޅު ކޮށްދިން ލަނޑު 60 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތުގައި ޖަހައިދިނީ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ އެވެ.
ރެލިގޭޝަންގެ ބިރާ އެކު ފްރޭންކް ލަމްޕާޑް ކޯޗު ކަމުން ދުރުކޮށް، ޓީމު ސަލާމަތް ކުރުމުގެ ޒިންމާ ޑައިސް އާ ހަވާލު ކުރީ މިދިޔަ ހަފްތާ ތެރޭގަ އެވެ. މި ނަތީޖާއާ އެކު އެވަޓަން ވަނީ 21 މެޗުން 18 ޕޮއިންޓް ހޯދައި، 18 ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 20 މެޗުން ހޯދި 50 ޕޮއިންޓާ އެކު އެވެ.
މިއީ އާސެނަލް ލީގުގައި ވީ ދެ ވަނަ ބައްޔެވެ. މިދިޔަ ސެޕްޓެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ފަހުން އާސެނަލް ވަނީ 11 މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްފަ އެވެ. އަމިއްލަ ދަނޑުގައި އެވަޓަން ރޭ ހޯދި މޮޅަކީ 10 މެޗަށް ފަހު އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. އަދި ލީގުގައި މިހާތަނަށް ހޯދި ހަތަރު ވަނަ މޮޅެވެ.
މެޗުގެ ކުރީކޮޅު ވެސް އެވަޓަން އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް ޑޮމިނިކް ކެލްވާޓް ލެވީން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. އާސެނަލް އިން ފަހު ވަގުތު ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެންމެ ކުޅުންތެރިއަކު ވެސް ނުގެންނަ އެވަޓަންގެ ޑިފެންސް ފެނުނީ މާ ވަރުގަދަ ކޮށެވެ.
ޓްރާންސްފާ ވިންޑޯ ގައި މާ ކާމިޔާބު ނޫނަސް، ލެސްޓާ ސިޓީ ވަނީ ރޭ ރަށުން ބޭރުގައި، މިދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރު އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ކޯލަށް ހަތަރު ގޯލު ޖަހައި 4-2 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.
އޮލީ ވަޓްކިންސް މެޗުގެ ނުވަ ވަނަ މިނިޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިން ނަމަވެސް ދެ މިނިޓު ފަހުން ޖޭމްސް މެޑިސަން ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ލެސްޓާ އިން ގެނައި އޮސްޓްރޭލިއާ ޑިފެންޑަރު ހެރީ ސޮޓާ އަތުން 32 ވަނަ މިނިޓުގައި ބަލިކޮޅަށް ލަނޑެއް ވަދެގެން ވިލާ އަށް ދެ ވަނަ ފަހަރަށް ލީޑު ލިބުނު ނަމަވެސް 41 ވަނަ މިނިޓުގައި ލެސްޓާ އަށް އެއްވަރު ކޮށްދިނީ ކެލެޗީ އިހެނާޗޯ އެވެ. އަދި ހާފް ނިމުމުގެ ކުރިން ލެސްޓާ އިން އެއްވަރު ކުރީ، ލޯނު އުސޫލުން މި ސީޒަންގެ ނިޔަލަށް ގެނައި ބްރެޒިލްގެ ވިންގާ ޓެޓޭ އެވެ.
ފަހު ހާފުގައި ލެސްޓާގެ ހަތަރު ވަނަ ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ މިޑްފީލްޑަރު ޑެނިސް ޕަރެޓް އެވެ.
ލެސްޓާ ސިޓީ މިހާތަނަށް ކުޅުނު 21 މެޗުން ހޯދި 21 ޕޮއިންޓާ އެކު އޮތީ 13 ވަނައިގަ އެވެ. އެސްޓަން ވިލާ 11 ވަނައިގައި އޮތީ 21 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.
ލީގު ފުލުގައި އޮތް ސައުތެމްޓަން ވަނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ވާދަކޮށް 3-0 އިން ބަލިވެފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ބެން މީ އާއި ބްރަޔަން އެމްބުއެމޯ ޖަހައިދިން ގޯލުތަކާ އެކު ދެ ގޯލުގެ ލީޑެއް ހޯދައިފަ އެވެ. ތިން ވަނަ ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ މެތިއަސް ޔެންސެން އެވެ.
މިހާތަނަށް ކުޅުނު 21 މެޗުން 33 ޕޮއިންޓް ހޯދައިގެން ބްރެންޓްފޯޑް އޮތީ ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. ހަ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 34 ޕޮއިންޓް ހޯދާފައިވާ ބްރައިޓަން އެވެ.
މެޗު ނިމެނިކޮށް ރޭ ވެސް ބްރައިޓަން ސަލާމަތް ކުރީ ކޯރޫ މިޓޯމާ އެވެ. އަމިއްލަ ދަނޑުގައި 1-0 އިން ލީގު 17 ވަނައިގައި އޮތް ބޯންމަތު ބަލިކުރި މެޗުގައި މިޓޯމާ މޮޅު ކޮށްދިން ގޯލު ޖަހައިދިނީ 87 ވަނަ މިނިޓުގަ އެވެ.
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
47 އަަހަރު: އާސެނަލް ދަނޑުގައި ލެސްޓާ އަށް މޮޅެއްް
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
އާސެނަލް ބަލިކޮށް އެމެރީ ތަށީގެ ވާހަކަ ފަށައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ކުރިން އެންމެ އުހުގައި ވިދާލި ލެސްޓާ ރެލިގޭޓްވެއްޖެ