26 އޮކްޓޯބަރ 2020
ލަންޑަން (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދައި އެ ޓީމުގެ ދަނޑުގައި 47 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ލީގުގައި ލެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ލަންޑަން (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދައި އެ ޓީމުގެ ދަނޑުގައި 47 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ލީގުގައި ލެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ލެސްޓާ ސިޓީން އެންމެ ފަހުން އާސެނަލް ދަނޑުގައި މޮޅުވީ 1973 ވަނަ އަހަރު އެވެ. މި މޮޅާ އެކު ލެސްޓާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަ މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވުމާ އެކު އާސެނަލް ވަނީ 10 ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައިފަ އެވެ. ކޯނަރެއްގައި އަލެކްސަންޑަ ލަކަޒޭޓް ބޮލުން ޖެހި ބޯޅައެއް ގޯލަށް ވަންއިރު ރެފްރީ ފުރަތަމަ އެ ގޯލު ބަލައިގަންނަން ނިންމި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ އޮފްސައިޑްގައި ހުރި ގްރޭނިޓް ޝަކާ ބޯޅަ އަށް ހަރަކާތްކުރުމުންނެވެ.
ދެ ވަނަ ހާފްގައި އާސެނަލަށް ލިޑުނަގައިދޭން ހެކްޓަ ބެލެރިން ޖެހި ބޯޅައެއް ލެސްޓާ ކީޕަރު ކެޝްޕަ ސްމައިކަލް ވަނީ މަތަކޮށްފަ އެވެ. ލެސްޓާ މޮޅުކޮށްދިން ގޯލު ޖެހީ އަނިޔާއިން ރަނގަޅުވެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމީ ވާޑީ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ވާޑީ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތުރުކީގެ ވިންގް ޗެންގިޒް އުންޑެއާ އެވެ.
މި ގޯލާ އެކު ވާޑީ ވަނީ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު 12 މެޗުގެ ތެރެއިން 11 ގޯލު ޖަހައިފަ އެވެ. ވާޑީ އަށް ވުރެން ގިނައިން އާސެނަލް ކޮޅަށް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއަކީ 12 ގޯލު ޖަހާފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ.
މިއީ 2020 ވަނަ އަހަރު އާސެނަލް ދަނޑުގައި އެ ޓީމު ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. އާސެނަލް ކޯޗު މިކޭލް އާޓެޓާ ބުނީ ފުރަތަމަ ހާފުގައި އެ ޓީމު އަތުގައި ކޮންޓްރޯލް އޮއްވައި ލަނޑެއް ނުޖެހުމަކީ މެޗަށް އަސަރުކުރިކަމެއް ކަމަށާއި އަދި އާސެނަލުން ޖެހި ގޯލު ބަލައިނުގަންނަން ނިންމި ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށެވެ.
ލީގުގެ އެއް ވަނައިގައި އޮތް އެވަޓަން ރޭ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ސައުތެމްޓަން އަތުން 2-0 އިން ބަލިވެފަ އެވެ. މިއީ މި ސީޒަނުގައި އެވަޓަން ބަލިވި ފުރަތަމަ މެޗެވެ. ސައުތެމްޓަންގެ ގޯލުތައް ޖެހީ ޖޭމްސް ވޯޑް-ޕްރައުސް އާއި ޗޭ އެޑަމްސް އެވެ. އެވަޓަން އިން މި މެޗު ވެސް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފުގައި އެ ޓީމުގެ ވާތު ބެކް ލޫކަސް ޑީނިއާ އަށް ރަތް ކާޑު ދެއްކުމުންނެވެ.
އާ ކޯޗާ އެކު އެވަޓަން އިން އާސެނަލް ބަލިކޮށްފި
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް
ސިޓީ ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސްލީގާ ގާތަށް
ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ފިޔަވަޅެއް ކުރިއަށް
ލެސްޓާބަލިކޮށް އާސެނަލް ޗެމްޕިއަންސް ލީގުގެ އުންމީދުގައި
ގަލެގާގެ ދެ ލަނޑާއެކު ޕެލަސް އިން އެވަޓަން ބަލިކޮށްފި
އެވަޓަން އިން އާސެނަލް ބަލިކޮށްފި
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ