14 މާޗް 2022
ލަންޑަން (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގްގައި ލެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، 2-0 އިން މޮޅުވެގެން ލީގް ތާވަލުގެ ހަތަރުވަނަ އަށް އާސެނަލް ޖެހިލައިފި އެވެ.
ލަންޑަން (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގްގައި ލެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، 2-0 އިން މޮޅުވެގެން ލީގް ތާވަލުގެ ހަތަރުވަނަ އަށް އާސެނަލް ޖެހިލައިފި އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 11 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނެލީ ނަގައިދިން ކޯނަރަކުން ތޯމަސް ޕާޓޭ އެވެ. މި ލަނޑަށް ފަހު، ޕާޓޭ ފޮނުވައިލި ހަމަލާއެއް ގޯލު ހުރަސް ދަނޑި އަށް އަމާޒުވިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާ ސިޓީގެ ހާވީ ބާންސް ވެސް ވަނީ ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލައިފަ އެވެ. މި ދެ ހަމަލަ ވެސް ދިފާއު ކުރީ އާސެނަލްގެ ކީޕަރު އާތޮން ރަމްސްޑޭލް އެވެ.
ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެލެކްޒެންޑާ ލަކަޒޭޓެވެ. ޕެނަލްޓީ ލިބުނީ ޕާޓޭ ބޮލުން ފޮނުވައިލި ބޯޅައެއްގައި ލެސްޓާގެ ތުރުކީ ޑިފެންޑަރު ކަގްލާ ސޮޔުންޗޫ އަތް ލުމުން، ވީއޭއާރު ރިވިއު ކުރުމަށް ފަހު އެވެ.
މިއީ ލީގްގައި ޖެހިޖެހިގެން އާސެނަލް މޮޅުވި ފަސްވަނަ މެޗެވެ. މި ނަތީޖާއާއެކު، ތާވަލުގެ ހަތަރުވަނަ އަށް އެ ޓީމު ޖެހިލީ ކުޅުނު 26 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ޗެލްސީ ވަނީ ރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް 28 މެޗުން 59 ޕޮއިންޓް ހަމަކޮށްފަ އެވެ.
އާސެނަލް އަށް ވުރެ ތިން މެޗު އިތުރަށް ކުޅެގެން 50 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑް ވަނީ އާސެނަލްގެ މި މޮޅާ އެކު ފަސްވަނައަށް ވެއްޓިފަ އެވެ. ލީގްގައި އެންމެ އަވަހަށް ދެން އާސެނަލް އަށް އޮތީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި، ލީގްގެ ދެވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.
ލީގްގެ އަށްވަނައިގައި މިދިޔަ އަހަރު ނިންމަން ޖެހުމުން އާސެނަލް މި ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައިއެއް ނުވެ އެވެ. މިއީ 1995/96 ގެ ސީޒަނަށް ފަހު އެ ޓީމު ޔޫރަޕުގެ މުބާރާތަކުން ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ ހަތަރު ސީޒަނުގައި ވެސް ޔޫރޮޕާ ލީގު ފުޓުބޯޅަ ކުޅުނުއިރު، އެންމެ ފަހުން ޗެމްޕިއަންސް ލީގް ކުޅުނީ 2016/17 ސީޒަނުގަ އެވެ.
އާ ކޯޗާ އެކު އެވަޓަން އިން އާސެނަލް ބަލިކޮށްފި
ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ފިޔަވަޅެއް ކުރިއަށް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
އާސެނަލް އެއްވަރު، ލެސްޓާ ދެ ވަނަ އަށް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
47 އަަހަރު: އާސެނަލް ދަނޑުގައި ލެސްޓާ އަށް މޮޅެއްް
އާސެނަލް ބަލިިވިއިރު، ލެސްޓާ ފުރުސަތު ނަގާލައިފި
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް
ޗެލްސީން މަގާމް ދެމެހެއްޓިއިރު، ޔުނައިޓެޑް ވިއްދާފައި