ލަންޑަން (ސެޕްޓެމްބަރު 23) - މި ސީޒަނުގައި އާސެނަލްގެ ބޮޑު ދެ ޓާގެޓެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
23 ސެޕްޓެމްބަރ 2018
ލަންޑަން (ސެޕްޓެމްބަރު 23) - މި ސީޒަނުގައި އާސެނަލްގެ ބޮޑު ދެ ޓާގެޓެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.
ބާވީސް އަހަރަށް ފަހު އާސެން ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު އާސެނަލް ކޯޗުކަން ދޫކޮށްލައިފަ އެވެ. އޭނާ ނެތްތަން ފޫބައްދައި އާސެނަލް ކުރިއަށްގެންދިއުމުގެ ޒިންމާއާ ހަވާލުވީ ޕީއެސްޖީ އާއި ވެލެންސިއާގެ ކުރީގެ ކޯޗު އުނާއި އެމެރީ އެވެ.
ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރީ ބުނީ އާސެނަލުން މި ސީޒަނުގައި ކުރިއެރުން ހޯދާނެ ކަމަށެވެ.
"މި ސީޒަނުގައި އަހަރެން ބޭނުން ކުރިއެރުން ހޯދަން. އަހަރެމެންގެ ބޮޑު ދެ ޓާގެޓެއް އެބައޮތް. އެއީ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމާއި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމުން. މިއީ އުނދަގޫ ދެ ޓާގެޓެއް. އެކަމަކު މި ޓީމުގައި އެބަހުރި އެކަން ކުރެވޭނެ ފެންވަރު،" އެމެރީ ބުންޏެވެ.
އެމެރީ ވަނީ ސެވިއްޔާގައި ހުރެ ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އޭނާ ބުނީ ޔޫރޮޕާ ލީގަށް ވުރެން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް މުހިއްމުވާ ސަބަބަކީ އިނގިރޭސި ލީގުގެ ހައިބަތު ބޮޑުވުން ކަމަށެވެ.
"އިނގިރޭސި ޕްރިމިއާ ލީގަކީ އެންމެ މަޝްހޫރު، އެންމެ ބޮޑު ލީގު. މި ލީގުގެ 38 މެޗުން އަހަރެމެންނަށް އެނގޭ އަހަރެމެންގެ ފެންވަރު. ޔޫރޮޕާ ލީގުގައި ތަފާތު ތަކެއް އެބަހުރި. އަހަރެންގެ ނަޒަރުގައި މި ޓީމު ރަނގަޅު ޓްރެކުގައި ބާއްވައިފިއްޔާ ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ،" އެމެރީ ބުންޏެވެ.
އެމެރީ ބުނީ އޭނާގެ އިރުޝާދުގެ ދަށުން އާސެނަލް މެޗުތަކަށް ނުކުންނައިރު އެއްވެސް ކުޅުންތެރިއަކަށް ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގައެއް ޔަގީންނުވާނެ ކަމަށެވެ.
"އަހަރެންގެ ޓީމެއްގައި އެއްވެސް ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިގެ ޖާގައެއް ޔަގީން ނުވާނެ. މި ވަގުތު ފުރަތަމަ އެގާރައެއް ނަގަން ވެސް އުނދަގޫ. އެއީ ހުރިހާ ކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ހަގީގަތުގައި އަހަރެންގެ ޓީމަކަށް ބޭނުމީ ހަމައެކަނި މޮޅަށް ކުޅޭ 11 ކުޅުންތެރިންނެއް ނޫން. މޮޅު 20 ކުޅުންތެރިން ވަރު ތިބެނެ ޖެހޭ،" އެމެރީ ބުންޏެވެ.
ލީގުގައި މިރޭ އާސެނަލާއި އެވަޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
އާސެނަލް ބަލިކޮށް އެމެރީ ތަށީގެ ވާހަކަ ފަށައިފި
އާސެނަލުގެ މައްސަލަތައް ހައްލެއް ނުވޭ: އެމެރީ
ގަދަ ހަތަރެއްގައި އާސެނަލް އަށް އޮވެވޭނެ: އެމެރީ
އާސެނަލް މޮޅުވިޔަސް ކޯޗު ހިތްހަމަނުޖެހިފައި
ލިވަޕޫލް މެޗުން އާސެނަލްގެ ކުރިއެރުން އެނގޭނެ: އެމެރީ
"15 ފަހަރު ބަލައިފިން، އެއީ ޕެނަލްޓީއެއް ނޫން"
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން