03 ސެޕްޓެމްބަރ 2019
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތައް ފުލުހުން ތަހުގީގުކުރުމާ ބެހޭ ގަވާއިދު ހަދައި، އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތައް ފުލުހުން ތަހުގީގުކުރުމާ ބެހޭ ގަވާއިދު ހަދައި، އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ފުލުހުން ހަދަންޖެހޭ އެ ގަވާއިދު ހަދައި އިއްޔެ އަމަލުކުރަން ފެށީ އެ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވި ފަހުންނެވެ. އެ ގަވާއިދަކީ ޖުލައި، 2017 ގައި އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ތިން މަސް ހަމަވުމުގެ ކުރިން ހަދަންޖެހޭ ގަވާއިދެކެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖްރާއާތުގެ އެ ގަވާއިދުގައި ޖިނާއީ ތަހުގީގުތައް ކުރިއަށް ގެންދިއުމާއި މައްސަލަ ހުށަހެޅުމާއި މީހުން ހުއްޓުވައި، ބަލައި ފާސް ކުރުމާއި ތަހުގީގުގައި ސުވާލު ކުރުމުގެ އިތުރުން ތަންތަނާއި ތަކެތި ފާސްކޮށް ހިފެހެއްޓުމުގެ އިތުރުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލު ކުރަންޖެހޭ އިޖްރާއާތުތައް ބަޔާން ކޮށްފައިވެ އެވެ.
ފުލުހުންގެ އިތުރުން ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އެހެން އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ސުޕްރީމް ކޯޓުން ވެސް ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ބައެއް ގަވާއިދުތައް ހަދަން އެ ގާނޫނު ލާޒިމް ކުރެ އެވެ.
މީގެ ކުރިން ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ ގާނޫނުގެ ދަށުން އެ މުއައްސަސާތަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައިފަ އެވެ.
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ކޯޓަކަށް ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލައެއް
ޑްރަގް ނެޓްވޯކްތައް ދޫވުމާއި އޭގެ އަނެއް ފަރާތް!
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ތަހުގީގަށް ބަންދު ނުކުރުން: އާންމުންނަށް ނެތް ހައްގެއް
ވާނުވާ އަށް ހޯދި "ވެކްސިން" ވެސް ވާނުވާއަކަށް؟!
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!
ކުދި ގޯސްތަކުން "ކުށްވެރިން" ދޫވުން: ނިމުމެއް ނެތް؟