މީގެ ދެ އަހަރު ކުރިން ނެރުނު ކާމިޔާބު އަލްބަމް "ރެޕިއުޓޭޝަން" އަށް ފަހު މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ނެރުނު އާ އަލްބަމް "ލަވާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.
04 ސެޕްޓެމްބަރ 2019
މީގެ ދެ އަހަރު ކުރިން ނެރުނު ކާމިޔާބު އަލްބަމް "ރެޕިއުޓޭޝަން" އަށް ފަހު މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ނެރުނު އާ އަލްބަމް "ލަވާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.
އެމެރިކާ އަށް އުފަން ޓޭލާގެ ހަތް ވަނަ އަލްބަމް ނެރުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ރިޕަބްލިކް ރިކޯޑްސްގެ ތައްގަނޑުގައި ނެރުނު އަލްބަމްގެ ލަވަތައް މިހާރު ޗާޓްތަކުގައި ރަނިކަންކުރަމުން އަންނަ އިރު، "ލަވާ" ގައި ހިމެނެނީ 18 ލަވަ އެވެ.
މީގެ އެންމެ ހިޓް ލަވަތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ލަވަތަކަކީ ޓައިޓްލް ލަވަ "ލަވާ" ގެ އިތުރުން "މީ!" އާއި "ޔޫ ނީޑް ޓް ކާމް ޑައުން" އެވެ. އަލްބަމްގެ ބައެއް ލަވަތަކުގެ ވީޑިއޯ ވެސް ވަނީ ފޭނުންނަށް ދޫކޮށްލައިފަ އެވެ.
"ލަވާ" ގައި ޓޭލާއާ އެކު ބައެއް މަޝްހޫރު އާޓިސްޓުން ވެސް ހިއްސާވެފައިވެ އެވެ. އޭގެ ތެރޭގައި ޑިކްޒީ ޗިކްސް އާއި ބްރޭންޑް އުރީ ހިމެނެ އެވެ. "ލަވާ" އަކީ ނެރުނު ހަފުތާގައި އެކަނި ވެސް 867،000 ކޮޕީ ވިކުނު އަލްބަމެކެވެ.
މިހާތަނަށް 10 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާ ނެރުނު އަލްބަމްތަކުގެ ތެރޭގައި އޭނާގެ ނަމުން 2006 ގައި ނެރުނު "ޓޭލާ ސްވިފްޓް" އާއި ފިއާލެސް (2008)، ސްޕީކް ނައު (2010)، ރެޑް (2012) އަދި 1989 (2017) ހިމެނެ އެވެ.
ޓޭލާ ސްވިފްޓުގެ އާ އަލްބަމް އޮކްޓޯބަރުގައި ގެނެސްދެނީ
ޓޭލާ ސްވިފްޓްގެ އާ އަލްބަމް އެޕްރީލް 19 ގައި
ޓޭލާ ސްވިފްޓްގެ އާ ލަވައިގައި ކުރީގެ ލޯބިވެރިޔާ
ޓޭލާގެ "ސްޕީކް ނައު" ގެ ވެސް އަމިއްލަ ވާޝަނެއް
ޓޭލާގެ ކައިވެނި އިއުލާންކޮށްފި
ޖަސްޓިން ބީބާގެ ސަޕްރައިޒެއް؛ އާ އަލްބަމެއް!
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
އެޑް ޝީރަންގެ އާ އަލްބަމްގައި އަރްޖިތުގެ ލަވައެއް
ބިޔޯންސޭ އަށް އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިއްޖެ
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"