އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ އާ އަލްބަމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގާ އެކު ލަވައެއް ރެކޯޑް ކޮށްފި އެވެ.
އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ އާ އަލްބަމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގާ އެކު ލަވައެއް ރެކޯޑް ކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ކޮމާޝަލް ރޭޑިއޯ "ހާޓް"އަށް އެޑް އިއްޔެ ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ އާ އަލްބަމާ ގުޅޭ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެޑް ބުނި ގޮތުގައި، އޭނާގެ އާ އަލްބަމުގައި އަރްޖިތުއާ އެކު ކިޔާފައިވާ ލަވައެއް ވެސް ހިމެނޭނެ އެވެ.
"އަހަރެން ވަރަށް ގިނައިން މަސައްކަތް ކުރިން އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްޖިތު ސިންގާ އެކު، އޭނާއަކީ ވަރަށް ރަނގަޅު މީހެއް. އޭނާ އުޅެނީ އިންޑިއާގެ ވަރަށް ދުރު، އެކަހެރި ހިސާބެއްގައި. އެއީ ތިން ގަޑިއިރުގެ ފްލައިޓެއްގައި ގޮސްފައި، ފަސް ގަޑިއިރާއި ބައިގެ ކާރު ދަތުރަކުން ދެވުނު ހިސާބެއް،" އެޑް ބުންޏެވެ.
"އޭރު އަހަރެން އިންޑިއާގައި ހުރީ އަހަރެންގެ ބައްޕައާ އެކު. އަރްޖިތު ބުނީ އަހަރެން އޭނާގެ ވޯކަލްސް ބޭނުންވަންޏާ، އޭނާ ހުރި ތާކަށް އަންނާށޭ."
އެޑްއާ އެކު އަރްޖިތު ލަވައެއް ރެކޯޑްކުރި އިރު، އެ ދެ ފެންނާނުން އެކުގައި މީގެ ކުރިން ވަނީ ލަންޑަނުގައި ޕާފޯމްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި ލަންޑަންގައި ބޭއްވި އަރްޖިތުގެ ޝޯއެއްގަ އެވެ. އެ ޝޯގައި އެ ދެ ފަންނާނުން އެކުގައި ކިޔާފައި ވަނީ އެޑްގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޕާފެކްޓް" އެވެ.
އަރްޖިތުއަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑް ވެސް ބޮޑު ފިރިހެން ލަވަކިޔުންތެރިޔާ އެވެ.
އެޑް ވަނީ މި އަހަރު ކުރީކޮޅުގައި އިންޑިއާއަށް ގޮސް އޭނާގެ ޝޯތައް އިންޑިއާގެ ހަ ސިޓީއެއްގައި ބާއްވައިފަ އެވެ. އެއީ އޭނާގެ ވޯލްޑް ޓުއާގެ ދަށުން ބޭއްވި ޝޯތަކެކެވެ. ޕޫނޭ، ހެއިދަރުއާބާދު، ޗެންނާއީ، ބެންގަލޫރު، ޝިލޮންގް އަދި ދިއްލީގައި ބޭއްވި އެ ޝޯތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އަރްޖިތުއާ ބައްދަލުކުރަން އޭނާ ދިރިއުޅޭ ހިސާބަށް އެޑް ދިޔައީ އެ ދަތުރުގަ އެވެ. އެ ދެމީހުން އެކުގައި ސްކޫޓީއެއް ދުއްވާ ވީޑިއޯއެއް ވެސް އޭރު އާންމުވި އެވެ.
އެޑް ޝީރަން ބޮލީވުޑްގެ ތަރިންނާ އެކު
އަދިތިޔަ އަމިއްލަ ލަވަ އަލްބަމެއް ނެރެނީ
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ
އެޑް ޝީރަން ބޮލީވުޑްގެ ފިލްމެއް ކުޅެލަން ބޭނުން
"ސައްޔާރާ"އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް!
"ވޯ 2"ގައި ހާއްސަ ފެނިލުމަކުން އާލިއާ ފެންނާނެ
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
ޝާހިދު ދެން ކުޅެނީ "ރޯމިއޯ"
ކާޖޮލް އާއި ޓުވިންކަލް ޓޯކް ޝޯއެއް ފަށަނީ
ކަރަންއަކީ ނެޕޯއިންގެ ފޫޅުމަޔޭ ބުނުމުން ރުޅިގަދަވެއްޖެ