Roadha Mihaaru

އެޑް ޝީރަން ބޮލީވުޑްގެ ފިލްމެއް ކުޅެލަން ބޭނުން

"ޑިވައިޑް" ޓުއާގެ ތެރެއިން އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން މި ހަފުތާގައި އިންޑިއާ އަށް ކުރި ދަތުރަކީ ވަރަށް ހާއްސަ ދަތުރެކެވެ. މިއީ އޭނާގެ އިންޑިއާގެ ދެވަނަ ދަތުރު ކަމަށް ވިޔަސް، މި ފަހަރުގެ ޓުއާ ނިންމާލައި އިންޑިއާ އިން ފުރައިގެން މާ ބޮޑަށް ވެސް ހިތްހަމަޖެހިފައި ހުރެގެންނެވެ.

އެޑް ޝީރަން ބޮލީވުޑްގެ ފިލްމެއް ކުޅެލަން ބޭނުން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

25 ނޮވެމްބަރ 2017

"ޑިވައިޑް" ޓުއާގެ ތެރެއިން އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން މި ހަފުތާގައި އިންޑިއާ އަށް ކުރި ދަތުރަކީ ވަރަށް ހާއްސަ ދަތުރެކެވެ. މިއީ އޭނާގެ އިންޑިއާގެ ދެވަނަ ދަތުރު ކަމަށް ވިޔަސް، މި ފަހަރުގެ ޓުއާ ނިންމާލައި އިންޑިއާ އިން ފުރައިގެން މާ ބޮޑަށް ވެސް ހިތްހަމަޖެހިފައި ހުރެގެންނެވެ.

މުމްބާއީގައި ބޭއްވި އޭނަގެ ކޮންސަޓް ބަލާލަން މުޅި ބޮލީވުޑް އެއްކޮށްހެން ޖަމާވި އެވެ. މީގެ އިތުރުން އެންމެ މަޝްހޫރު އަދި ނުފޫޒުގަދަ ފަންނާނުންނާ ބައްދަލުވާނެ ފުރުސަތު ވެސް ލިބުނު ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ފަރާ ހާން، އަބިޝެކް ބައްޗަން، ޖެކްލީން ފެނާންޑޭޒް އަދި މަލައިކާ އަރޯރާ ފަދަ ތަރިން ހިމެނެ އެވެ.

ޝީރަން ފަރާގެ ދަރިންނާ އެކު.

ޝީރަން ބުނީ އިންޑިއާއަކީ އޭނާ އަށް ވަރަށް މަގުބޫލް ގައުމެއް ކަމަށާއި ބޮލީވުޑްގެ ފިލްމްތައް ވެސް ވަރަށް ކަމުދާ ކަމަށެވެ.

"ބޮލީވުޑްގެ ފިލްމްތައް ވަރަށް ކަލަފުލް. ވަރަށް ބްރައިޓް. ފުރުސަތެއް ލިބިއްޖެ ނަމަ ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތްކޮށްލަން ވެސް ބޭނުން،" 26 އަހަރުގެ ލަވަ ކިޔުންތެރިޔާ ބުންޏެވެ. "އެއީ ކޮންމެހެން އަދި އެކްޓް ކުރުމަކަށް ވާކަށް ވެސް ނުޖެހޭ. މިސާލަކަށް މިއުޒިކްގެ ތެރެއިން ވެސް އެކަން ކުރެވިދާނެ."

ޝީރަން ބުނީ ޝާހްރުކް ހާނަކީ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާއާ އެކު ސްކްރީން ހިއްސާކޮށްލަން ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށެވެ.