Roadha Mihaaru

އާލިއާ ބޭނުންވަނީ ދަރިފުޅަށްޓަކާ ކޮމެޑީ ފިލްމެއް ކުޅެން

ދަރިފުޅަށްޓަކާ ކޮމެޑީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ ބޭނުންވަނީ ދަރިފުޅަށްޓަކާ ކޮމެޑީ ފިލްމެއް ކުޅެން

ދަރިފުޅަށްޓަކާ ކޮމެޑީ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ، އިންޓަނޭޝަނަލް މެގަޒިން ގްރޭޒިއާއަށް މިދިޔަ ބުރާސްފަތި ދުވަހު ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ 13 އަހަރުވީ ފިލްމީ ކެރިއަރުގައި ވަރަށް ތަފާތު ފިލްމުތައް ކުޅެފައިވާ ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް ފިލްމަކީ އޭނާގެ ދަރިފުޅަށް ބެލޭނެ ފިލްމުތައް ނޫން ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، އޭނާގެ ދެ އަހަރުގެ ދަރިފުޅަށް ބެލެނޭ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އާލިއާ ބުންޏެވެ.

"ކޮމެޑީ ފިލްމެއް ކުޅެން ބޭނުންވާ އަނެއް ސަބަބަކީ އަދި ދުވަހަކު ވެސް ކޮމެޑީ ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާތީ. އެހެންވެ އަހަރެންގެ ހިތް މިހާރު ބުނަނީ އެ ވަގުތު ޖެހިއްޖެޔޭ،" އާލިއާ ބުންޏެވެ.

އޭނާ ޝައުގުވެރިވާ ޕްރޮޖެކްޓެއް ލިބިއްޖެ ނަމަ، ކޮމެޑީ ފިލްމެއް ކުޅޭނެ ކަމަށް އާލިއާ ބުންޏެވެ.

އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ އެކްޝަން ފިލްމު "އަލްފާ" އެވެ. މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ އެ ފިލްމު ޕްރިމިއާކުރަނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ.

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގައި ވެސް އާލިއާ އަންނަނީ މަސައްކަތްކުރަމުންނެވެ. އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރް އަދި ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލްއާ އެކު ކުޅޭ އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު އެވެ.