ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ކަންނާ ޓޯކް ޝޯއެއް ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ކަންނާ ޓޯކް ޝޯއެއް ގެނެސްދޭން ނިންމައިފި އެވެ.
"ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓުވިންކަލް" ގެނެސްދެނީ އެމެޒަން ޕްރައިމް ވީޑިއޯ އިންނެވެ. ޕްރައިމް ވީޑިއޯ އިން އިއްޔެ ވަނީ މިކަން އިއުލާންކޮށްފަ އެވެ.
ކާޖޮލް އާއި ޓުވިންކަލް ހޮސްޓްކުރާ މި ޓޯކް ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިން މެހުމާނުންގެ ގޮތުގައި ދާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، މި ޝޯ ގެނެސްދޭން ފަށާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.
ކާޖޮލް އެންމެފަހުން ފެނުނީ މިދިޔަ މަހު 27 ގައި ނެރުނު ބިރުވެރި ފިލްމު "މާ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ސަރްޒަމީން" އެވެ.
ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭ ޓުވިންކަލްއަކީ މިހާރު ވާހަކަ ލިޔުންތެރިޔެކެވެ. އޭނާގެ ފުރަތަމަ ވާހަކަ "މިސް ފަނީ ބޯންސް" ނެރުނީ 2015 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އިތުރު ފޮތްތައް ވެސް އޭނާ ލިޔެފައިވެ އެވެ.
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
"ކޮފީ ވިތު ކަރަން 7" އަށް ތައްޔާރު ވަނީ؟
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
އަޖޭގެ ފުރަތަމަ ފިލްމު ކުރިން ލިބުނީ އަކްޝޭ އަށް
"ކޮފީ ވިތު ކަރަން" ހުއްޓާލަނީ؟
ސްޓީވެން ކޮލްބެއާގެ "ދަ ލޭޓް ޝޯ" ހުއްޓާލަނީ
"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!
އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ ނެރެފި
"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި
ސިދޫ އެނބުރި ކަޕިލް ޝޯއަށް