މީގެ ހަ އަހަރު ކުރިން ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއިން ވަކިކުރި ނަވްޖޯތު ސިންގް ސިދޫ އަނބުރާ އެ ޝޯއަށް ގެންނަން ނިންމައިފި އެވެ.
މީގެ ހަ އަހަރު ކުރިން ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯއިން ވަކިކުރި ނަވްޖޯތު ސިންގް ސިދޫ އަނބުރާ އެ ޝޯއަށް ގެންނަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން މިހާރު ގެނެސްދެމުން އަންނަ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ތިންވަނަ ސީޒަން ގެނެސްދިނުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އާ ސީޒަންގެ ޕްރޮމޯޝަން މި ދުވަސްވަރު ކުރިއަށް ގެންދާއިރު، ނެޓްފްލިކްސް އިން އިއްޔެ އިއުލާންކުރި ގޮތުގައި، އާ ސީޒަންއާއެކު ސިދޫ އެނބުރި އަންނާނެ އެވެ.
ސިދޫ ކުރިން އެ ޝޯއިން ވަކިކުރުމުން އޭނާގެ ބަދަލުގައި ހަމަޖެއްސީ އަރްޗަނާ ޕުރަން ސިންގެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި، މިފަހަރު ފެންނާނީ ސިދޫ އާއި އަރުޗަނާ އެކުގަ އެވެ.
ކަޕިލް ޝޯ ސޮނީ ޓީވީން ގެނެސްދިން ދުވަސްވަރު 2019 ވަނަ އަހަރު އެ ޝޯއިން ސިދޫ އިންޑިއާގެ ކަޝްމީރުގެ ޕުލްވާމާގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިންގެ އޮފިސަރުން މަރައިލި ހާދިސާއާ ބެހޭ ގޮތުން އޭނާ ބައެއް މީޑިއާތަކުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.
ވަކިވަކި ފަރުދުންތަކެއްގެ ފަރާތުން ކުރިމަތިވާ ކަންކަމާ ގުޅިގެން މުޅި ގައުމަށް އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ސިދޫ ޕާކިސްތާން "ދިފާއު ކުރާ" މޭރުމަކުން ވާހަކަ ދެއްކުމުން ވަރަށް ގިނަ ބަޔަކު ރުޅިގަދަވެ، އޭނާ ޝޯއިން ވަކިކޮށް، ކަޕިލްގެ ޝޯ ވެސް ބޮއިކޮޮޓްކުރަން ވެސް އެ ދުވަސްވަރު ގޮވާލި އެވެ.
"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެ ސީޒަނެއް ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދީފައިވެ އެވެ.
"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށަނީ މި މަހު 21 ގަ އެވެ.
މަންމަގެ ގަހަނާތައް ލޯބިވެރިންނަށް ދިނިން: ރަންބީރް
ކަޕިލްގެ ކޮމެޑީ ޝޯއެއް ނެޓްފްލިކްސް އަށް އަންނަނީ
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު
ކަޕިލްގެ ޝޯ ދޫކޮށްލަން ޖެހުނަސް އަރްޗަނާ އަށް ވަރިހަމަ
ރަންބީރުގެ ލޯބިވެރިންނަށް ދައްތަގެ ހެދުންތައް ދިނީ!
ކަޕިލް އިންޑިއަން އައިޑޮލްގައި ބައިވެރިވާން އުޅުނު
"ކަޕިލް ޝަރުމާ ޝޯ" 21 އަށް ކަށަވަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަޕިލް ޝަރުމާ ޝޯ" ގެ ޓީޒާއެއް ދައްކާލައިފި
"ކަޕިލް ޝަރުމާ ޝޯ" އޮގަސްޓް 21 ގައި ފަށަނީ؟