ބޮލީވުޑްގެ އެކްޓަރު އަދިތިޔާ ރޯއި ކަޕޫރު އަމިއްލަ ލަވަ އަލްބަމެއް އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރު އަދިތިޔާ ރޯއި ކަޕޫރު އަމިއްލަ ލަވަ އަލްބަމެއް އިއުލާންކޮށްފި އެވެ.
އަދިތިޔަ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިއުޒިކަކީ އޭނާ އަބަދުވެސް ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށް ވާތީ، އަލްބަމެއް ނެރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ އަލްބަމްގައި ހުންނާނީ ވެސް އޭނާ އަމިއްލައަށް ކިޔާފައިވާ ލަވަތައް ކަމަށް ބުންޏެވެ.
ނަމަވެސް އަލްބަމް ނެރޭ ދުވަހެއް ނުބުނެ އެވެ.
ފިލްމު ކުޅެން ފެށުމުގެ ކުރިން ވެސް އަދިތިޔަ އަކީ މިއުޒިކީ ދާއިރާގައި އުޅުނު ފަންނާނެކެވެ.
އެ އިންޓަވިއުގައި އަދިތިޔަ ބުނީ ފިލްމުތަކަށް ލަވަކިޔަން ވެސް އޭނާ ބޭނުންވާ ކަމަށެވެ.
އަދިތިޔަ ބުނި ގޮތުގައި، 2013 ގައި ރިލީޒްކުރި އޭނާގެ ފިލްމު "އާޝިގީ 2"ގެ މަސައްކަތް ކުރި ދުވަސްވަރު އެ ފިލްމަށް ލަވައެއް ކިޔަން، އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީއާ ވެސް ވާހަކަދެކެވުނެވެ. އެކަމަކު، އޭރު އެކަން ނުވީ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ "މެޓްރޯ އިން ދިނޯ" އެވެ. އޭނާ އެންމެފަހުން ފެނުނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން "ދަ ނައިޓް މެނޭޖާ" އިންނެވެ.
އެޑް ޝީރަންގެ އާ އަލްބަމްގައި އަރްޖިތުގެ ލަވައެއް
އައިޝްވަރިޔާގެ ފަހަތުން އަބީޝެކް ވެސް ހައި ކޯޓަށް
އޭއައި ބޭނުންކޮށްގެން ފޮޓޯ ހަދާތީ ހައި ކޯޓަށް
ކަޝްމީރް ފައިލްސްގެ ޑައިރެކްޓަރަށް ބޮޑު ނާކާމިޔާބީއެއް
ފަވާދު ޚާންގެ ބޮލީވުޑް ފިލްމު ރިލީޒްކުރަނީ
އަރްޖިތު ލަންޑަނުގައި ޝޯ ދެނިކޮށް ކަރަންޓު ކަނޑާލައިފި
"ސައްޔާރާ" ސިނަމާތަކުގައި ދައްކާތާ 50 ދުވަސް ވެއްޖެ
އާލިއާ ބޭނުންވަނީ ދަރިފުޅަށްޓަކާ ކޮމެޑީ ފިލްމެއް ކުޅެން
ރޭޕްގެ ތުހުމަތުގައި އަޝިޝް ކަޕޫރް ހައްޔަރުކޮށްފި
ބަންސާލީއަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ޕޮލިހަށް