Roadha Mihaaru

ބަންސާލީއަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ޕޮލިހަށް މައްސަލަ ހުށަހަޅައިފި

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބަންސާލީއަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ޕޮލިހަށް

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ރާޖިސްތާނުގެ ޕޮލިހަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ބަންސާލީގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގެ ޕްރޮޑަކްޝަން ޓީމުގެ އިތުރު ދެ މީހަކަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަދި ވިކީ ކައުޝަލް ލީޑު ރޯލު ކުޅޭ "ލަވް އެންޑް ވޯ"ގެ ޑައިރެކްޓަރު ބަންސާލީއާ ދެކޮޅަށް އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ޕަރްތީކް ރާޖް މާތުރު ކިޔާ މީހެކެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި، އެއްވެސް ކަމަކާ ނުލައި "ލަވް އެންޑް ވޯ"ގެ މަސައްކަތުން އޭނާ ވަނީ ވަކިކޮށްފަ އެވެ. އޭނާއަކީ އެ ފިލްމުގެ ލައިން ޕްރޮޑިއުސަރަކަށް ނެގި މީހެކެވެ. މަސައްކަތް ފެށި ފަހުން އެއްވެސް ސަބަބެއް ނުދައްކާ އަދި އޭނާގެ ކުރި މަސައްކަތަށް އުޖޫރަ ވެސް ނުދީ ކޮންޓްރެކްޓް އުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

އެހެންވެ، އޭނާ ވަނީ ބަންސާލީގެ އިތުރުން އެ ފިލްމުގެ ދެ ޕްރޮޑިއުސަރެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ރާވައިގެން ކުށްކުރުމާއި ބިރުދެއްކުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

އެ މައްސަލަ ރާޖިސްތާނުގެ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ބަންސާލީގެ ޓީމުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މާ ބޮޑު ތަފުސީލެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު މާޗު 20 ގަ އެވެ.