Roadha Mihaaru
ހީރާމަންޑީގެ ދެވަނަ ސީޒަނެއް ނެޓްފްލިކްސް އަށް

ހީރާމަންޑީގެ ދެވަނަ ސީޒަނެއް ނެޓްފްލިކްސް އަށް

05 ޖޫން 2024

ނެޓްފްލިކްސް އިން މިދިޔަ މަހު ގެނެސްދިން އިންޑިއާގެ "ހީރާމަންޑީ"ގެ ދެ ވަނަ ސީޒަނެއް އަންނާނެ ކަމަށް ނެޓްފްލިކްސް އިން އިއުލާން ކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ނެޓްފްލިކްސް އިން މިދިޔަ މަހު ގެނެސްދިން އިންޑިއާގެ "ހީރާމަންޑީ"ގެ ދެ ވަނަ ސީޒަނެއް އަންނާނެ ކަމަށް ނެޓްފްލިކްސް އިން އިއުލާން ކޮށްފި އެވެ.

އިންޑިއާގެ ނެޓްފްލިކްސްގެ ނައިބު ރައީސް މޮނިކާ ޝާގިލް ބުނީ، ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ހީރާމަންޑީ" މި ސީރީޒުގެ ބޮޑު ކާމިޔާބަށް ފަހު، ވަރަށް އަވަހަށް ދެ ވަނަ ސީޒަނެއް ވެސް އަންނާނެ ކަމަށެވެ.

މި ސީރީޒްގެ ދެވަނަ ސީރީޒާ ބެހޭ ގޮތުން އޭރު ބަންސާލީ ބުނެފައި ވަނީ ދެ ވަނަ ސީޒަނެއް ނެރެންޖެހުނަސް ނެރޭނީ ނެޓްފްލިކްސްއާ ގުޅިގެން ކަމަށެވެ.

މިއީ ބަންސާލީގެ 30 އަހަރުގެ މަސައްކަތުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ އެއް މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ނެޓްފްލިކްސް އާއެކު މަސައްކަތް ކުރުން އޭނާ އަށް ވީ ވަރަށް ރަނގަޅު ތަޖުރިބާ އަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ހީރާމަންޑީ އަކީ މި އަހަރު ނުކުތް ބޮލީވުޑްގެ ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ސީރީޒެވެ.

ބަންސާލީގެ ސެޓަށާއި އޭނާ ސީރީޒްގައި ތައްޔާރު ކޮށްފައިވާ ހެދުންތަކަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަނުން ފެނިގެންދިޔައީ ސޮނާޝްކީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހް، ފަރުދީން ހާން.، ތާހާ ޝާހް ބާދުޝާ، ޝޭކަރް ސުމަން، އަދްޔާން ސުމަން، އަދި ފަރީދާ ޖަލާލާއި އިންދްރޭޝް އެވެ.