Roadha Mihaaru
އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ

އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ ލީލާ

21 މެއި 2024

ބޮލީވުޑް ފިލްމްމޭކަރު ސަންޖޭ ލީލާ ބަންސާލީގެ ރައްޓެއްސަކަށް ހުރީ ހަމައެކަނި ސަލްމާން ހާން ކަމުގައި އޭނާ ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް ފިލްމްމޭކަރު ސަންޖޭ ލީލާ ބަންސާލީގެ ރައްޓެއްސަކަށް ހުރީ ހަމައެކަނި ސަލްމާން ހާން ކަމުގައި އޭނާ ބުނެފި އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުންނާ އެކު މަސައްކަތް ކޮށްފައިވާ ސަންޖޭ ލީލާ މިހެން ބުނީ ބޮލީވުޑް ހަންގާމާ އިން ކުރި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ.

ސަލްމާން ހާން އަކީ ސަންޖޭ ލީލާ 2019 އަހަރު އުފައްދަން އުޅުނު ފިލްމް "އިންޝާﷲ" ގެ ލީޑިން އެކްޓަރެވެ. ސަލްމާން ހާންގެ އިތުރުން އެ ފިލްމުގައި އާލިއާ ބަޓް ވެސް ހިމަނާފައި ވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ފިލްމު އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ސަންޖޭ ލީލާ ވަނީ އޭނާއާއި ސަލްމާން ހާން އާ އޮންނަ ގާތް ގުޅުން މީޑިއާ އާއި ހިއްސާކޮށްފަ އެވެ.

"އަހަރެންގެ ފިލްމުތަކުގައި އުޅޭ ހުރިހާ އެކްޓަރުން ދެކެ ވެސް އަހަރެން ލޯބިވޭ. އެކްޓަރުންނާ ބާއްވަން ޖެހޭނީ ރައްޓެހިކަމުގެ ގުޅުން އެކަންޏެއް ނޫން. އެ މީހުން ކުޅޭ ކެރެކްޓަރާއި އެމީހުން ދެކެ ޖެހޭނެ ލޯބި ވެސް ވާން. އަހަރެންގެ ހަމައެކަނި ރައްޓެއްސަކީ ސަލްމާން ހާން"

"އަހަރެންގެ ފިލްމުތަކުގައި އުޅޭ ހުރިހާ އެކްޓަރުން ދެކެ ވެސް އަހަރެން ލޯބިވޭ. އެކްޓަރުންނާ ބާއްވަން ޖެހޭނީ ރައްޓެހިކަމުގެ ގުޅުން އެކަންޏެއް ނޫން. އެމީހުން ކުޅޭ ކެރެކްޓަރާއި އެ މީހުން ދެކެ ޖެހޭނެ ލޯބި ވެސް ވާން. އަހރެންގެ ހަމައެކަނި ރައްޓެއްސަކީ ސަލްމާން ހާން،" ސަންޖޭ އިންޓަވިއުގައި ބުނެފައި ވެއެވެ.

ކޮންމެގޮތަކަށް ކަންތައް ދިމާވި ނަމަވެސް، ސަލްމާން ހާން އޭނާގެ ހާލުއަހުވާލު ބަލާކަން އޭނާ ބުނެފައި ވެއެވެ.

މި މަހު ނެޓްފްލިކްސްގައި އެޅުވި ބޮލީވުޑް އެންމެ ކާމިޔާބު ސީރީޒް "ހީރާމަންޑީ" އަށް ފަހު ސަންޖޭ ލީލާ އަންނަނީ ފިލްމް "ލަވް އެން ވޯ"ގެ މަސައްކަތް ކުރަމުންނެވެ. ވިކީ ކޯޝަލް، އާލިއާ ބަޓް އަދި ރަންބީރް ކަޕޫރު ހިމެނޭ މި ފިލްމް ރިލީޒް ކުރަނީ އަންނަ އަހަރު ޑިސެމްބަރުގަ އެވެ.