Roadha Mihaaru
ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ

ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ

02 ފެބުރުއަރީ 2024

އިންޑިއާ އާއި ޕާކިސްތާން ވަކިކުރުމުގެ ކުރިން، އެ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އޮތް ހީރާމަންޑީ ކިޔާ އަވަށެއްގައި އޭރު އުޅުނު ހަށިވިއްކާ އަންހެނުންތަކެއްގެ ދިރިއުޅުމަށް ބިނާކޮށް، އިންޑިއާގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އުފައްދާ ސީރީޒްގެ ފަސްޓް ލުކް އިއްޔެ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރް" އަކީ ބަންސާލީ އުފައްދާ ފުރަތަމަ ވެބް ސީރީޒެވެ.

އިއްޔެ އާންމުކުރި އެއް މިނެޓާއި 10 ސިކުންތުގެ ފަސްޓް ލުކް ޓީޒާގައި ވަނީ މި ސީރީޒުން ފެންނާނެ ބައެއް ރީތި މަންޒަރުތައް ހިމަނައިފަ އެވެ. އެ ޓީޒާއިން އެނގޭ ގޮތުގައި، މިއީ ބަންސާލީ އޭނާގެ ސްޓައިލްގައި ގެނެސްދޭ ޕީރިއަޑް ޑްރާމާއެކެވެ. ބަންސާލީގެ ފިލްމުތަކަށް ލޯބިކުރާ ފޭނުންނަށް މިއީ އާދައިގެ ސީރީޒަކަށް ނުވާނެ އެވެ.

މި ސީރީޒްގެ މުހިންމު ރޯލުތައް ކުޅެނީ ސޮނާޝްކީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހް އެވެ.

ސީރީޒްގައި "ލަހޯރްގެ ހަށިވިއްކާ އަންހެނުން" ގެ ވާހަކަ ކިޔައިދޭއިރު، ލަހޯރް ސިޓީއަކީ މިހާރު ޕާކިސްތާނުގެ ތަނެކެވެ.

"ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރް" ސްޓްރީމް ކުރަން ފަށާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ. ނަމަވެސް، މި އަހަރު މި ސީރީޒް ބަލާލަން ލިބޭނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފަ އެވެ.