އިންޑިއާ އާއި ޕާކިސްތާން ވަކިކުރުމުގެ ކުރިން، އެ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އޮތް ހީރާމަންޑީ ކިޔާ އަވަށެއްގައި އޭރު އުޅުނު ހަށިވިއްކާ އަންހެނުންތަކެއްގެ ދިރިއުޅުމަށް ބިނާކޮށް، އިންޑިއާގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އުފައްދާ ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރް" އަންނަ މެއި މަހު އެކެއްގައި ސްޓްރީމްކުރަން ފަށާނެ ކަން އިއުލާންކޮށްފި އެވެ.

މި ސީރީޒް ސްޓްރީމް ކުރަން ފަށާ ތާރީހު އިއުލާންކުރީ އިއްޔެ އިންޑިއާގެ މުމްބާއީގައި ބޭއްވި ބޮޑު އިވެންޓެއްގަ އެވެ.
"ހީރާމަންޑީ"ގެ ފަސްޓް ލުކް ޓީޒާއެއް މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އެ ޓީޒާއިން އެނގޭ ގޮތުގައި، މިއީ ބަންސާލީ އޭނާގެ ސްޓައިލްގައި ގެނެސްދޭ ޕީރިއަޑް ޑްރާމާއެކެވެ. ބަންސާލީގެ ފިލްމުތަކަށް ލޯބިކުރާ ފޭނުންނަށް މިއީ އާދައިގެ ސީރީޒަކަށް ނުވާނެ އެވެ.
މި ސީރީޒްގެ ފުރަތަމަ ލަވަ "ސަކަލަ ބަން" ވެސް ވަނީ މި މަހު އާންމުކޮށްފަ އެވެ. އެ ލަވައަށް ވެސް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ.
"ހީރާމަންޑީ"ގެ މުހިންމު ރޯލުތައް ކުޅެނީ ސޮނާޝްކީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހް އެވެ.
މި ސީރީޒްގައި "ލަހޯރްގެ ހަށިވިއްކާ އަންހެނުންތަކެއް"ގެ ވާހަކަ ކިޔައިދޭއިރު، ލަހޯރް ސިޓީއަކީ މިހާރު ޕާކިސްތާނުގެ ތަނެކެވެ.
ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދަ ރޯޔަލްސް" ޓްރެއިލާ ނެރެފި
އޭސީޕީ ޕްރަދިއުމަންގެ ބަދަލުގައި ސީއައިޑީއަށް ޕާތު
ސީއައިޑީގައި އޭސީޕީ ޕްރަދިއުމަން މަރުވެއްޖެ
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
ބަރުންގެ "ކޯރާ"ގެ ދެވަނަ ސީޒަންގައި މޯނާ
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"