ބޮލީވުޑްގެ އެކްޓަރު އިޝާން ކައްތަރުގެ ފުރަތަަމަ ހޮލީވުޑް ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.
ބޮލީވުޑްގެ އެކްޓަރު އިޝާން ކައްތަރުގެ ފުރަތަަމަ ހޮލީވުޑް ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.
މި ހަ އެޕިސޯޑުގެ ސީރީޒް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިޝާންއާ އެކު އެ ސީރީޒްގައި ހޮލީވުޑްގެ ވަރަށް ކުޅަދާނަ އެކްޓަރުގެ ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން، އީވް ހެއުސަން، މެގަން ފަހީ، ޑަކޯޓާ ފަނިންގް، ޖެކް ރެއިނާ އަދި މައިކަލް ބީޗް ހިމެނެ އެވެ.
އިޝާން ކުޅުނީ ސަޕޯޓިން ރޯލެކެވެ.
އެ ސީރީޒްގައި ކުރި މަސައްކަތާ ގުޅޭ ގޮތުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އިޝާން ބުނީ ވަރަށް އެކުވެރި މާހައުލެއް އޮތުމުން އޭގައި މަސައްކަތްކުރަން ވަރަށް ފަސޭހަވި ކަމަށެވެ. އަދި ބޮލީވުޑްގައި ކުރާ މަސައްކަތާއި ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ދަ ޕާފެކްޓް ކަޕުލް" ދައްކަނީ ވަރަށް ލޯބި އުޅޭ ކަޕުލްއެއްގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް އެ ކައިވެނި ހަފުލާ ބާއްވާ ވެނިއުގައި މަރާލާފައި އޮތް މީހަކު ފެނިގެން އެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރާ މަސައްކަތެވެ.
ބަރުންގެ "ކޯރާ"ގެ ދެވަނަ ސީޒަންގައި މޯނާ
ޑޭވިޑް ލެޓަމޭންގެ ޝޯގައި ޝާހްރުކް ހާން
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ފުރަތަމަ ފެނިލުން
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!
"ކިޔުކީ"ގެ އާ ސީޒަން އަންނަ މަހު ތިނެއްގައި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސިދޫ އެނބުރި ކަޕިލް ޝޯއަށް
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟