ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓުގެ އެ ޓީޒާ ޓްރެއިލާގައި ވަނީ ފަހު ސީޒަނުން ފެންނާނެ މުހިންމު ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އެޕިސޯޑުތައް ގެނެސްދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި އަންނަ ނޮވެމްބަރު މަހުގެ 26 ގައި ސްޓްރީމްކުރަން ފަށާއިރު، ދެވަނަ ބައި ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ.
އެންމެ ފަހު އެޕިސޯޑު ގެނެސްދޭނީ އާ އަހަރާ ދިމާކޮށް އަންނަ ޑިސެމްބަރު މަހުގެ 31 ގަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގައި 8 އެޕިސޯޑު ގެނެސްދޭން ނިންމާފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މީގެ ތެރެއިން ކޮންމެ އެޕިސޯޑެއް ގަޑިއިރަކަށް ވުރެ ދިގުވާނެ އެވެ. އަދި އެންމެ ފަހު އެޕިސޯޑަކީ ގާތްގަނޑަކަށް ތިން ގަޑިއިރުގެ އެޕިސޯޑެކެވެ.
ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ރިލީޒްކުރި މި ސީރީޒަކީ އެ ޕްލެޓްފޯމުން މިހާތަނަށް ވެސް ރިލީޒްކުރި އެންމެ މަގުބޫލު އެއް ސީރީޒެވެ.
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
"ބްރިޖަޓަން"ގެ ތިންވަނަ ސީޒަނަށް ތަރުހީބު ބޮޑު
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި
ސޯފިއާ މުޅިން ތަފާތު ރޯލަކުން
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
"އެވެޓާ"ގެ ލައިވް އެކްޝަން ސީރީޒްގެ ޓީޒާ ނެރެފި