30 އޯގަސްޓް 2024
ނެޓްފްލިކްސް އަދި ބީބީސީ ގުޅިގެން ގެނެސްދިން ކާމިޔާބު ސީރީޒް "ޕީކީ ބްލައިންޑާސް"ގެ ފަހު ސީޒަނަށް ފަހު ގެނެސްދޭ ފިލްމުގެ ކާސްޓަށް އައިރިޝް އެކްޓަރު ބެރީ ކިއޯގަން ހަމަޖައްސައިފި އެވެ.
ނެޓްފްލިކްސް އަދި ބީބީސީ ގުޅިގެން ގެނެސްދިން ކާމިޔާބު ސީރީޒް "ޕީކީ ބްލައިންޑާސް"ގެ ފަހު ސީޒަނަށް ފަހު ގެނެސްދޭ ފިލްމުގެ ކާސްޓަށް އައިރިޝް އެކްޓަރު ބެރީ ކިއޯގަން ހަމަޖައްސައިފި އެވެ.
ޑެޑްލައިން އިން ރިޕޯޓްކުރި ގޮތުގައި، "ޕީކީ ބްލައިންޑާސް"ގެ ލީޑުން ފެންނަ ކިލިއަން މާފީ އާއި ރެބެކާ ފާގަސަންއާ އެކު ބެރީ ވެސް ފެންނާނީ ވަރަށް މުހިންމު ރޯލަކުންނެވެ. ނަމަވެސް، އޭނާ ކުޅޭ ރޯލާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ބެރީ އަކީ މިދިޔަ އަހަރު އޮސްކާއަށް ވެސް ނޮމިނޭޓުވި އެކްޓަރެކެވެ. އެއީ ފިލްމު "ދަ ބަންޝީސް އޮފް އިނިޝެރިން"ގައި އޭނާ ކުޅުނު ސަޕޯޓިން ރޯލުންނެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސޯލްޓްބާން" އާއި "ޑަންކާކް" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
"ޕީކީ ބްލައިންޑާސް"ގެ ފިލްމެއް ގެނެސްދޭން ނިންމައި ނެޓްފްލިކްސް އިން އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހު އެވެ. އަދި "ޕީކީ ބްލައިންޑާސް"ގެ ސީރީޒްގައި ޓޮމީ ޝެލްބީގެ ރޯލު ކުޅުނު ކިލިއަން ހަމަ އެ ރޯލުން މި ފިލްމުގައި ފެންނާނެ ކަން ވެސް އޭރު އިއުލާންކުރި އެވެ.
އެ ސީރީޒަކީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނު ދުވަސްވަރު އިނގިރޭސިވިލާތުގައި ދިރިއުޅުނު ގޭންގްސްޓަރުންތަކެއްގެ މެދުގައި ހިނގާ ކަންތައްތަކެއް ދެއްކި ސީރީޒެކެވެ. ޖުމްލަ ހަ ސީޒަން ގެނެސްދިނުމަށް ފަހު އެ ސީރީޒް ނިންމާލީ އެޕްރީލް 2022 ގަ އެވެ. "ޕީކީ ބްލައިންޑާސް" އަކީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
"ޕީކީ ބްލައިންޑާސް"ގެ ފިލްމު ވެސް ގެނެސްދެނީ އެ ސީރީޒްގެ ފަހަތުގައި އޮތް ޓީމުންނެވެ. އެ ސީރީޒްގެ ކްރިއޭޓާ ސްޓީވެން ނައިޓް ބުނި ގޮތުގައި، މި ފިލްމުގައި ދައްކާނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގާ ކަންތައްތަކެވެ. އަދި މި އަހަރު ފަހުކޮޮޅު ފިލްމުގެ ޝޫޓިން ފަށާނެ އެވެ.
މި ފިލްމު ގެނެސްދޭ ތާރީހު އަދި އިއުލާން ނުކުރެ އެވެ.
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ބްރިޖަޓަން"ގެ ތިންވަނަ ސީޒަނަށް ތަރުހީބު ބޮޑު
މި އަހަރުގެ ބާފްޓާގައި ވިދާލީ "އޮޕެންހައިމާ"
ސޯފިއާ މުޅިން ތަފާތު ރޯލަކުން
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
ކެނެޑީގެ ހަޔާތަށް ނެޓްފްލިކްސް އިން ސީރީޒެއް ހަދަނީ
ހޮލީވުޑްގެ ފޭނުން ބަލައިލަން ޖެހޭ ޓްރެއިލާތައް
"ވަން ޕީސް" ނެޓްފްލިކްސްގެ ރެކޯޑެއް މުގުރާލައިފި