Roadha Mihaaru
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި

"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި

04 ފެބުރުއަރީ 2024

ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް އިއްޔެ ނެރެފި އެވެ.

ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާގެ ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް އިއްޔެ ނެރެފި އެވެ.

މި 17 ސިކުންތުގެ ކުރު ޓީޒާއިން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް ލީޑު ރޯލު ކުޅުނު ލީ އުންޖޭ އެވެ. ބެލެވޭ ގޮތުގައި އާ ސީޒަންގައި ދައްކާނީ ސްކުއިޑް ގޭމް އަސްލު އުފެއްދި މީހާ ހޯދުމަށް ލީ އުންޖޭ ކުރާ މަސައްކަތެވެ.

އިންސްޓަގްރާމްގައި އާންމުކުރި މި ޓީޒާއާ އެކު ނެޓްފްލިކްސް އިން ވަނީ ދެވަނަ ސީޒަންގެ ބައެއް މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.

ފުރާނަ އަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، އެ ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.

"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަން އަކީ އެތައް އަހަރެއްގެ މަސައްކަތެވެ. އަދި އެތައް އަހަރެއްގެ ތެރޭގައި ފުރިހަމަކޮށް ތައްޔާރު ކުރެވުން މާސްޓަޕީސްގެ ދެވަނަ ސީޒަނެއް ނެރޭއިރު ފުރަތަމަ ސީޒަނަށް ވުރެ ރަނގަޅު ވާން ޖެހޭ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ދެވަނަ ސީޒަން މި އަހަރު ގެނެސްދޭން ނެޓްފްލިކްސް އިން ނިންމާފައި ވިޔަސް ވަކި ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.