01 އޯގަސްޓް 2024
ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 26 ގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 26 ގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން މިއަދު ވަނީ ދެވަނަ ސީޒަން ގެނެސްދޭ ތާރީހު އިއުލާންކޮށް، ޓްރެއިލާ ވެސް ނެރެފަ އެވެ. އަދި އެ ސީރީޒްގެ އިތުރު ސީޒަނެއް އަންނަ އަހަރު ވެސް ގެނެސްދޭނެ ކަމަށާއި އެއީ އެންމެ ފަހު ސީޒަން ކަމަށް ވެސް ނެޓްފްލިކްސް އިން ބުންޏެވެ.
ދެވަނަ ސީޒަންގައި ލީޑު ރޯލު ކުޅެނީ ފުރަތަމަ ސީޒަންގައި ވެސް ފެނުނު ލީ އުންޖޭ އެވެ. އާ ސީޒަންގައި ދައްކާނީ ސްކުއިޑް ގޭމް އަސްލު އުފެއްދި މީހާ ހޯދުމަށް ލީ އުންޖޭ ކުރާ މަސައްކަތެވެ. މި ސީޒަންގައި ދައްކާނީ ވެސް ފުރަތަމަ ސީޒަންގައި ހިނގި ކަންތައްތަކުގެ ތިން އަހަރު ފަހެވެ.
The real game begins. Squid Game Season 2 is coming December 26.
— Netflix (@netflix) July 31, 2024
The Final Season coming 2025. pic.twitter.com/Y3fQJ7LA2h
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، އެ ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.
"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަން އަކީ އެތައް އަހަރެއްގެ މަސައްކަތެވެ.
"ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަންގެ ޓީޒާއެއް ނެރެފި
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
އެންމެ ހިޓު ކޮރެއާ ޑްރާމާއަކީ "ލަވް ނެކްސްޓް ޑޯ"
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
ބަރުންގެ "ކޯރާ"ގެ ދެވަނަ ސީޒަންގައި މޯނާ
"ޕަޗިންކޯ"ގެ ދެވަނަ ސީޒަން ހުކުރު ދުވަހު
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
"މިސް ނައިޓް އެންޑް ޑޭ" އަށް ބޮޑު ތަރުހީބެއް
ޖިމިން އާއި ޖަންކޫކްގެ ވްލޮގްގެ ޓްރެއިލާ އާންމުކޮށްފި
"ބްރިޖަޓަން"ގެ ތިންވަނަ ސީޒަނަށް ތަރުހީބު ބޮޑު