ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ހިންދީ ސީރީޒް "ކޯރާ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ހިންދީ ސީރީޒް "ކޯރާ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން އިއްޔެ ވަނީ "ކޯރާ"ގެ ދެވަނަ ސީޒަން އާއި ކާސްޓު ވެސް އިއުލާންކޮށްފަ އެވެ.
މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ވެސް ލީޑު ރޯލު ކުޅުނު ބަރުން ސޮބްތީ އާ ސީޒަންގައި ވެސް ފެންނާނެ އެވެ. އަދި އޭނާއާ އެކު މުހިންމު ރޯލަކުން މޯނާ ސިންގް ވެސް ފެންނާނެ އެވެ.
"ކޯރާ"ގައި ދައްކަނީ އިންޑިއާގެ ޕަންޖާބުގައި ބިދޭސީއަކު މަރާލުމުން، އޭނާގެ މަރުގެ ހަގީގަތް ހޯދުމުގެ ތެރޭގައި ހިނގާ ކަންތައްތަކެވެ.
އާ ސީޒަން ޑައިރެކްޓުކުރަނީ މި ސީރީޒްގެ އުފެއްދުންތެރިޔާ އަދި ރައިޓަރު ކަމަށްވާ ސުދީޕް ޝަރްމާ އާއި ފައިސަލް ރަހްމާނެވެ. މިއީ ސުދީޕްގެ އަލަތު ޑައިރެކްޝަނެވެ. އޭނާ އަކީ "އެންއެޗް10" އާއި އުޑްތާ ޕަންޖާބް" ކަހަލަ ފިލްމުތަކުގެ ރައިޓަރެވެ. އަދި މަޝްހޫރު ބިރުވެރި ފިލްމު "ޕަރީ" އާއި އެމެޒަންގެ ޕްރައިމްގެ ކާމިޔާބު ސީރީޒް "ޕާޓަަލް ލޮކް"ގެ ޕްރޮޑިއުސަރެވެ.
"ކޯރާ"ގެ ފުރަތަމަ ސީޒަނަށް ވަނީ ކްރިޓިކުންގެ ތައުރީފު އޮއްސާލައިފަ އެވެ. އަދި އައިއެމްބީޑީގައި އެ ސީރީޒަށް 7.5 ގެ ރޭޓިން ލިބުނު އިރު، ރޮޓެން ޓޮމާޓޯސްގައި ވަނީ 100 ޕަސެންޓްގެ ރޭޓިން ހޯދައިފަ އެވެ.
މި ސީރީޒްގައި ލީޑު ރޯލު ކުޅޭ ބަރުން އެންމެ މަޝްހޫރުވީ ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ގެނެސްދިން ޑްރާމާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިންނެވެ. "ކޯރާ" އަކީ އޭނާގެ ފުރަތަމަ ވެބް ސީރީޒެވެ.
ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދިން "ޖެސި ޖެސީ ކޮއި ނަހީ" އިން މަޝްހޫރުވި މޯނާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "ކާލާ ޕާނީ"ގެ ކުޑަ ރޯލަކުންނެވެ.
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
ވަންރާޖު "އަނުޕާމާ" ދޫކޮށްލައިފި
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ
ހީރާމަންޑީ ނެޓްފްލިކްސްއަށް އަންނަނީ މެއި އެކެއްގައި
މަންމަގެ ގަހަނާތައް ލޯބިވެރިންނަށް ދިނިން: ރަންބީރް
ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ
ނެޓްފްލިކްސްގެ "ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް