ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަން ނިންމައިފި އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަން ނިންމައިފި އެވެ.
މިއީ، މަޝްހޫރު އެތައް ފިލްމެއް ގެނެސްދީފައިވާ ކަރަން އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ޑައިރެކްޓުކުރާނެ ފުރަތަމަ ސީރީޒެކެވެ.
ކަރަންގެ ޓީމާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އެ ސީރީޒްގެ ލީޑު ރޯލުތަކުން ފެންނާނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަންހެން ތަރިންނެވެ. އަދި އެއީ ވަރަށް ބޮޑު ކާސްޓެއް ހިމެނޭނެ ސީރީޒެކެވެ.
ނަމަވެސް، އެ ސީރީޒްގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.
އެ ސީރީޒްގެ ސްކްރިޕްޓުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އަންނަ އަހަރު ސީރީޒްގެ ޝޫޓިން ފަށައި 2026 ވަނަ އަހަރު ސްޓްރީމް ކުރަން ފަށާނެ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނީ އެ ސީރީޒްގެ މަސައްކަތް ނިމުމުން ކަރަން އަނެއްކާވެސް ފިލްމެއް ޑައިރެކްޓުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއީ ކުރިން އިއުލާންކޮށްފައިވާ އަދި ކޮވިޑާ ގުޅިގެން ފަސްކުރި އޭނާގެ ޑްރީމް ޕްރޮޖެކްޓް "ތަޚްތު" ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
"ތަޚްތު" އަކީ ވެސް ބޮޑު ސްޓާ ކާސްޓެއް ހިމެނޭ ގޮތަށް އިއުލާންކުރި ފިލްމެކެވެ. އޭގެ ތެރޭގައި، ކަރީނާ ކަޕޫރް ހާން، އާލިއާ ބަޓް، ރަންވީރް ސިންގް، ޖާންވީ ކަޕޫރް، ބޫމީ ޕަޑްނޭކަރް، ވިކީ ކައުޝަލް އަދި އަނިލް ކަޕޫރް ހިމެނެ އެވެ.
ކަރަން އެންމެފަހުން ޑައިރެކްޓުކުރީ މިދިޔަ އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އާލިއާ އާއި ރަންވީރް ލީޑު ރޯލު ކުޅުނު އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އޭސީޕީ ޕްރަދިއުމަންގެ ބަދަލުގައި ސީއައިޑީއަށް ޕާތު
ސީއައިޑީގައި އޭސީޕީ ޕްރަދިއުމަން މަރުވެއްޖެ
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ކޮވިޝީލްޑް ކުންފުނިން ކަރަންގެ ދަރުމާގެ ހިއްސާ ގަނެފި
އަބްމާނީގެ ކުންފުނިން ދަރްމާގެ ހިއްސާ ގަންނަނީ
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް