Roadha Mihaaru
އައިފޯން 11 ނެރުން އަންނަ މަހުގެ 10 ގައި

އެޕަލްގެ އައިފޯން 11 ނެރުން އަންނަ މަހުގެ 10 ގައި

31 އޯގަސްޓް 2019

އެޕަލް އިން މި އަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލާ އިވެންޓް، އަންނަ މަހުގެ 10 ގައި ބާއްވަން ނިންމައި ދައުވަތު ފޮނުވަން ފަށައިފި އެވެ. ކެލިފޯނިއާގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓުގެ ދައުވަތުގައި ލިޔެފައި ވަނީ "ބައި އިނޮވޭޝަން އޮންލީ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް އިން މި އަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލާ އިވެންޓް، އަންނަ މަހުގެ 10 ގައި ބާއްވަން ނިންމައި ދައުވަތު ފޮނުވަން ފަށައިފި އެވެ. ކެލިފޯނިއާގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓުގެ ދައުވަތުގައި ލިޔެފައި ވަނީ "ބައި އިނޮވޭޝަން އޮންލީ" އެވެ.

އޭގެ އެންމެ ހާއްސަ ކަމަކަށް ވާނީ އައިފޯންގެ އެންމެ ފަހުގެ މޮޑެލް 11 ޕްރޯ ނެރުމެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އައިފޯނުގެ ތިން މޮޑެލެއް ނެރޭނެ ކަމަށް ބެލެވެ އެވެ. އެއީ އައިފޯން 11، އައިފޯން 11 ޕްރޯގެ އިތުރުން އައިފޯން 11 ޕްރޯ އެކްސް އެވެ.

މި އިވެންޓްގައި އެޕަލް ވޮޗް އަޕްގްރޭޑެޑް ވާޝަނެއް ނެރޭނެ ކަމަށް ބެލެވެ އެވެ. އިވެންޓަށް އެޕަލްގެ ލޯގޯގައި ރަތް، ފެހި، ރީނދޫ، ނޫ އަދި ދަނބުކުލަ ހިމަނާފައިވެ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އަލަށް ނެރޭ އައިފޯން 11 ގެ ދެ މޮޑެލެއްގައި މުޅިން އަލަށް ތިން ކެމެރާ ވެސް ހިމަނާފައި ވާނެ އެވެ. އަދި ޑިސްޕްލޭ އިން ފެންނާނެ އެއް ތަފާތަކީ ސައިޒު ކުރިއަށް ވުރެ ބޮޑުވުމެވެ. އެއީ 5.8 އިންޗުން 6.1 އިންޗިއަށެވެ.

ޔަގީނުން ވެސް އެޕަލްގެ އައިފޯން 11 ވެގެން ދާނީ މިހާރު ބާޒާރުގައި ލިބެން ހުރި ސްމާޓްފޯންތަކަށް ދޫނުކުރާވަރުގެ ޒަމާނީ ގިނަ ފީޗާތަކާއި ތަފާތުތަކެއް ގެނެސްދޭނެ ސްޕެސިފިކޭޝަންތަކާ އެކު ނެރޭނެ މޮޑެލްއަކަށެވެ. ވަކުިން ހާއްސަކޮށް މި މޮޑެލް މި ފަހަރު އެންމެ ބޮޑަށް އަޅާކިޔާނެ ކަމަށް ބެލެނީ ދާދި ފަހުން ސެމްސަންގުން ނެރުނު ގެލެކްސީ ނޯޓް 10އާ އެވެ.